logoEN
cocacola
ހިމާލަޔާސް ފަރުބަދައިއަށް އަރަނިކޮށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްްޖެ

ހިމާލަޔާސް ފަރުބަދައިއަށް އަރަނިކޮށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްްޖެ

އަހުމަދު ޝުރާއު

logo

9/28/2022, 7:41:39 PM

hilaree_embed

ހިމާލަޔާސް ފަރުބަދައިގެ މައުންޓް މަނަސްލޫސަމިޓް ކައިރިން ނޭޕާލްގެ ސާޗް ޓީމަކުން އެމެރިކާގެ މަޝްހޫރު ސްކީ މައުންޓެނިއާރ ހިލަރީ ނެލްސަންގެ ހަށިގަނޑު ހޯދައިފިއެވެ.

ގޮސިޔާ

އުމުރުން 49 އަހަރުގެ ނެލްސަން މިދިޔަ ހޯމަ ދުވަހު ގެއްލުނުއިރު، ދިޔައީ އޭނާގެ ބައިވެރިޔާއާއެކު ދުނިޔޭގެ އަށްވަނައަށް އެންމެ މަތީ ސަމިޓުޓުން ފަރުބަދައިގެ ތިރިޔަށް ފައިބަމުންނެވެ.

މީހުން ސަލާމަތްކުރާ ފަރާތްތަކުން ބުދަ ދުވަހު ވަނީ 8163 މީޓަރު (26،781 ފޫޓު) ގެ ޕީކްގެ ދެކުނު ފަރާތުން އޭނާގެ ހަށިގަނޑު ހޯދާފައެވެ. މީގެ ކުރިން ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ވެއްޓުނީ ގްލޭސިއާއެއްގައި އޮތް ކްރެވަސްއެއްގެ ތެރެއަށް ކަމަށެވެ.

ނެލްސަން އަކީ އޭނާގެ ޖީލުގެ އެންމެ މޮޅު އެއް މައުންޓެނިއާރއެވެ.

"ހަށިގަނޑު ބޭސް ކޭމްޕަށް ގެނެވިއްޖެ. ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު، ކަތަމަންޑޫއަށް ވައިގެ މަގުން ގެންދާނެ،" ޝަންގްރިއްލާ ނޭޕާލް ޓްރެކުގެ މެނޭޖިން ޑިރެކްޓަރު ޖިބާން ޣިމިރީ ވިދާޅުވި ކަމަށް ކަތަމަންޑޫ ޕޯސްޓުން ބުންޏެވެ.

އޭނާ ހޯދުމުގެ މަސައްކަތް ހެލިކަޮޕްޓަރު ބޭނުން ކޮށްގެން ކުރިން ކުރި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަނީ އެކަމަށް ހުރަސް އެޅިފަ އެވެ.

މަނަސްލޫގެ ސަމިޓާ ހަމައަށް ނެލްސަންއަށް އާދެވުނުތާ 15 ވަރަކަށް މިނެޓު ފަހުން އައިސްގެ ތެރޭއިން ފުން ވަޅުގަނޑެއްގެ ތެރެއަށް އޭނާ ވެއްޓުނު ކަމަށް އެވަގުތު އެސަރަހައްދުގައި ތިބި މީހުންނާއި ހަވާލާދީ މީގެ ކުރިން ރިޕޯޓްކޮށްފައި ވެއެވެ.

ނެލްސަން ގެއްލުނު ދުވަހު ވެސް އެ އަވަށުގައި ހުރި އަޑިގުޑަންގަނޑެއްގައި އެކަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަހަމްވެސްވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ