logoEN
cocacola
ވާދަވެރިން ނުރުހުނަސް ތަފާތު ކުރުމެއް ނެތި މިސަރުކާރުން ގެންދަނީ ގައުމު ތަރައްގީ ކުރަމުން - ޔައުގޫބް

ވާދަވެރިން ނުރުހުނަސް ތަފާތު ކުރުމެއް ނެތި މިސަރުކާރުން ގެންދަނީ ގައުމު ތަރައްގީ ކުރަމުން - ޔައުގޫބް

އައިޝަތު އިފާޝާ

logo

9/28/2022, 1:45:48 PM

# ދިވެހި ސަރުކާރު# ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ

5890D4EE-70D0-4C34-AE34-968F520BC1BD

ސަރުކާރާ ވާދަވެރި ފަރާތްތަކުން ކިތަންމެވަރަކަށް ނުރުހުނު ނަމަވެސް އެއްވެސް ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއަށް، މި ސަރުކާރުން ގެނެސްދެމުންދާ ތަރައްޤީއަށް ހުއްޓުމެއްނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަހަރަކު އެއްފަރު ބާއްވާ ގޮތަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ޔައުޤޫބު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޝައުގުވެރިކަމާއެކު ޢަމަލީގޮތުން އެކަން ދައްކަމުންދަނީ މިސަރުކާރުން ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ މަރުކަޒީކޮށް މާލެ ސަރަހައްދު އެކަނި ތަރައްޤީ ކުރުމަށް ކަމަށްވެސް ޔަޢުޤޫބު ވިދާޅުވިއެވެ.

މި ސަރުކާރުން ޤާނޫނަށް އިސްލާހުތައް ގެންނަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން، ރައްޔިތުންނަށާއި، ދައުލަތަށްވެސް އެކަމުން އެންމެ ޚަރަދުކުޑަވާނެ ގޮތަކަށްކަމަށް ޔައުޤޫބު ވިދާޅުވިއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި ޤާނޫނުތަކުގެ ތެރެއިން އެންމެބޮޑު މަންފާއެއްކުރި އެއް ޤާނޫނަކީ ލާމަރުކަޒީ ޤާނޫނެވެ. ޤާނޫނުގެ ތެރެއިން ރަށްރަށުގެ ތަރައްޤީގައި ސީދާ ބަސްބުނުމުގެ ބާރު ކައުންސިލްތަކަށް ވަނީ ލިބިގެން ގޮސްފައެވެ.

ޤާނޫނުގެ ތެރެއިން އަތޮޅުތަކުގެ ރަށްތަކަށް ސަރުކާރުން ގެނެސްދޭ ތަރައްޤީއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ޔަޢުޤޫބު ވިދާޅުވީ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ރަށްތަކަށް ގެނެސްދޭ ތަރައްޤީ ދެން ނުހުއްޓުވޭނެކަމަށެވެ. ބޮޑު ތިލަދުންމަތިން ފެށިގެން ށ.އަތޮޅާ ހަމައަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ގުޅާލައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް، އަޑުގަދަ އިންޖީނުގެތައް ޒަމާނާއި އެއްގޮތަށް މީހުންނާއި ދުރު ސަރަހައްދުތަކަށް ބަދަލުކޮށް ވަށާޖެހޭ ގޮތަށް މުޅި ރާއްޖެއަށް ގެނެސްދޭ ތަރައްޤީ ދެން ނުހުއްޓުވޭނެކަމަށް ޔައުގޫބް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ކިތަންމެ ވަރަކަށް ދެކޮޅު ހެއްދެވި ކަމުގައި ވީނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއް އެއްވެސް ވަރަކަށް ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއް މި 5 އަހަރުގެ ތެރޭގައި އަދި ކުރިއަށް އޮތް ތާގައިވެސް ތަރައްޤީ ކުރަން މިސަރުކާރުން އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރާނެ. އެކަމަށް ޕީޕީއެމް، ޕީއެންސީ ކިތަންމެ ދެކޮޅުހެދިކަމުގައ ވީނަމަވެސް. އެއަށް ހުޓުމެއްވެސް ނެތް. އަދި އެއަށް މަޑުޖެހުމެއްވެސް ނެތް." ޔައުގޫބް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން ރަށުތަރައްޤީގައި އަންހެނުންނަށް ބަސްބުނުމުގެ ބާރުވެރިކަން އިތުރު ކުރުމަށް އަންހެނުންގެ ކޮމެޓީތަކެއް އިންތިޚާބުކުރެވޭނެ ޖާގަވަނީ ތަނަސްކޮށްފައެވެ. ނަމަވެސް ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ޤާނޫނަށް ގެނެވޭ މިއިސްލާހުތަކާއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށްބޮޑަށް ކުޑަވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ