logoEN
ކޮކާކޯލާ
ގެއްލިދިޔަ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިޤުތިސާދު އަލުން ހުރިހާ ރަށަކަށް އަންނަން ޖެހޭ - ރައީސް

ގެއްލިދިޔަ ތަނަވަސްކަމާއި، ފުދުންތެރި އަމިއްލަ އިޤުތިސާދު އަލުން ހުރިހާ ރަށަކަށް އަންނަން ޖެހޭ - ރައީސް

އައިޝަތު އިފާޝާ

logo

9/28/2022, 9:30:59 AM

# އިބްރާހިމް މުޙައްމަދު ސޯލިހު# ރައީސުލްޖުމްހޫރިއްޔާ

251071_286fa2a3-d_

ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު ރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށަކަށް އަންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އަބުޅޯ

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި ރޭ، ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ރަށްތަކުގެ ޚާއްޞަކޮށް ބޮޑުތިލަދުއްމަތީގެ ރަށްރަށުގައި އިހު އޮތް ފުދުންތެރިކަމާއި ތަނަވަސްކަމާއި އުފެއްދުންތެރިކަމާއި އިޤުތިޞާދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެޒަމާނުގައި ސީދާ އަތޮޅުތަކުން ރާއްޖެއިން ބޭރަށް ކުރަމުން އައި ވިޔަފާރި ދަތުރުތަކާއި އެދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އޮތް ގޮތުގެ މައްޗަށް ރައީސް ބައްލަވާލެއްވިއެވެ. ރައީސް ވަނީ، ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައި ބަދަލާއި އެކު އަތޮޅުތަކާއި ރަށްތަކުގެ އިޤުތިޞާދަށް ލިބިގެން ދިޔަ ނިކަމެތިކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ގެއްލިދިޔަ އެތަނަވަސްކަމާ، ފުދުންތެރި އަމިއްލަ އިޤުތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާ، އަތޮޅަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެބަދަލު ފެށިގެން އަންނަނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މިބަދަލުން ކަމަށެވެ.

އާރް.ޓީ.އެލްގެ ޒޯން 1ގެ ޚިދުމަތް ރަސްމީ ގޮތުން މިރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އާރް.ޓީ.އެލް ސްޕީޑް ފެރީގައި، މިއަދު ހަވީރު، ހއ. އުތީމުން ހއ. ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ފަށާފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅިރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ސްޕީޑްފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ