logoEN
cocacola
40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅުން ދެކުނަށް ހުދުސަމާލު ނެރެފި

40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅުން ދެކުނަށް ހުދުސަމާލު ނެރެފި

އައިޝަތު އިފާޝާ

logo

9/28/2022, 1:55:21 AM

# މޫސުން

White Alert

މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅުން ފެށިގެން ދެކުނަށް ހުދުސަމާލު ނެރެފިއެވެ.

ގޮސިޔާ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުވަދޫ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދުސަމާލު ނެރެފައިވަނީ މިރޭ 2:00 އިން ފެށިގެން ހެނދުނު 8:00 އާ ހަމައަށެވެ.

މި މުއްދަތުގެ ތެރޭގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާ ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ