logoEN
ކޮކާކޯލާ
ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި

ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފި

އަޙްމަދު ޖަމީލު

logo

9/26/2022, 3:23:30 PM

# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

F443821F-86E5-4633-B845-2A8BF5AC0BDA

ހދ. ފިނޭގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.

އަބުޅޯ

މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

View post on Twitter

މިމަސައްކަތް ހަވާލުކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނިން މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަމަލީ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ. މިއީ 21،335،698.08 ރުފިޔާގެ މަޝްރޫއެކެވެ.

ފެނުގެ ނިޒާމް ގާއިމްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ ވިއުގައެއް ވަނީ ގާއިމްކޮށްފައެވެ. އަދި 7.2 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މިމަޝްރޫއުގެ ދަށުން 179 ގެއަށް ފެނުގެ ކަނެކްޝަނާއި 180 ގެއަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގިއާއި ވާރޭފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ. މިމަޝްރޫއުގެ ދަށުން 179 ގެއަށް ފެނުގެ ކަނެކްޝަނާއި 180 ގެއަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ