logoEN
ޕީއެންސީ 2
ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑަށް ފައްސިވީ އެންމެ 38 މީހުން!

ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑަށް ފައްސިވީ އެންމެ 38 މީހުން!

އަހުމަދު ޝުރާއު

logo

9/26/2022, 1:24:20 PM

breaking ބްރޭކިންގް

ފާއިތުވެދިޔަ ހަފްތާގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެންމެ 38 މީހުން ކަމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޝަރީ 2024

މިއަދު އެޗްޕީއޭއިން އާންމުކުރި 18 ސެޕްޓެމްބަރުން ފެށިގެން 24 ސެޕްޓެމްބަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފައްސިވި 38 މީހުންގެ ތެރެއިން 17 މީހުންނަނަކީ މާލެ ސަރަހައްދުން ފައްސިވި މީހުންނެވެ. އަދި ވޭތުވެދިޔަ ހަފްތާގައި އަތޮޅުތަކުން އެއްވެސް ރަށަކުން މީހަކު ފައްސިވެފައި ނުވެއެވެ. ރިސޯޓްތަކާއި، ސިނާއީ ރަށްތަކުން ވޭތުވެދިޔަ ހަފްތާގައި ފައްސިވެފައިވަނީ އެންމެ 21 މީހުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮވިޑްގެ ސަބަބުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާ ދެމުންދަނީ އެންމެ 3 މީހުންނަށެވެ.

ވޭތުވެދިޔަ ހަފްތާގެ ކުރީ ހަފްތާގައިވެސް ރާއްޖެއިން ފައްސިވީ އެންމެ 38 މީހުންނެވެ. އެހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާދެވިފައިވަނީ އެންމެ މީހަކަށެވެ.

ކޮވިޑްގެ ތަފާސްހިސާބުތަށް އެޗްޕީއޭއިން މިހާރު އިއުލާނުކުރަމުން އަންނަނީ ކޮންމެ ހަފްތާއަކު އެއްފަހަރުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ