logoEN
ކޮކާކޯލާ
މިނީ ބަސް ރޫޓުގައި ޕާކުކޮށްފައި ހުރުމުން އިތުރު އުޅަނދުތަކެއް ޓޯކޮށްފި

މިނީ ބަސް ރޫޓުގައި ޕާކުކޮށްފައި ހުރުމުން އިތުރު އުޅަނދުތަކެއް ޓޯކޮށްފި

އަލްފާ އަލީ

logo

9/26/2022, 12:34:33 PM

# ފުލުހުން# މިނީ ބަސް

Mini Bus

މާލޭގައި މިނީބަސް ދުއްވާ މަގުތަކުގައި ބަހަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުރުމުން އިތުރު 35 އުޅަނދެއް ޓޯކޮށް، 453 ވައިލޭޝަން ސްޓިކަރ ޖަހާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަބުޅޯ

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިނީ ބަސް ރޫޓްގައި ޕާކްކުރުން މަނާކުރުމާއި ގުޅިގެން އެކަން ތަންފީޒު ކުރުމަށް، 18 ސެޕްޓެމްބަރ އިން 24 ސެޕްޓެމްބަރ އާއި ހަމައަށް 32 ސައިކަލާއި 3 ކާރު ވަނީ ޓޯކޮށްފައެވެ. އަދި ވައިލޭޝަން ސްޓިކާ 453 އުޅަނދެއްގައި ޖަހާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ބަސް ރޫޓުގައި އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެއް ޓޯކޮށް ސްޓިކާ ޖަހާފައެވެ. އެގޮތުން 8 ސެޕްޓެމްބަރ އިން 17 ސެޕްޓެމްބަރ އާއި ހަމައަށް 69 ސައިކަލާއި އެއް ކާރު ޓޯކޮށް 797 ސްޓިކާ ޖަހާފައިވެއެވެ.

ފުލުހުން ގެންދަނީ މިނީ ބަސް ދުއްވާ ރޫޓްގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދުތަކުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހަރަކާތްތެރިވަމުންނެވެ.

އަދި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން ބަސް ދަތުރުތަކަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރަން ޖެހޭ ހާލަތުގައި ޓޯ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ