logoEN
cocacola
ނައިވައިދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ނައިވައިދޫ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އަލްފާ އަލީ

logo

9/26/2022, 12:16:13 PM

# ހދ. ނައިވާދޫ

Fdj7sZHaMAETrMY

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ހދ. ނައިވާދޫގެ ފެނުގެ ނިޒާމް މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.

ގޮސިޔާ

ރައީސް ސޯލިހް ނައިވާދޫގެ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވާފައިވަނީ، އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގަތުމަށް ފަހު އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނައިވާދޫގައި ގާއިމްކުރެވުނު ފެނުގެ ނިޒާމުގައި ދުވާލަކު 40 ޓަނުގެ ފެން އުފައްދާ އާރްއޯ ދެ ޕްލާންޓާއި 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާންގީ އަދި ވާރޭފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފަ އެވެ. މިހާރު އެރަށުގެ 174 ގެއަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

އުތުރުގެ ހަތަރު ރަށަކަށް ރައީސް ސޯލިހް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ނައިވާދޫއަށެވެ. އެއަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ