logoEN
ޕީއެންސީ 2
މާސްޓާރޝެފް އިންޑިއާ މިފަހަރު ސޮނީއަށް!

މާސްޓާރޝެފް އިންޑިއާ މިފަހަރު ސޮނީއަށް!

އަހުމަދު ޝުރާއު

logo

9/26/2022, 8:30:03 AM

sony-masterchef-india

މީގެ ކުރިން ސްޓާރޕްލަސްއިން ދައްކަމުން އައި މާސްޓަރޝެފް އިންޑިއާ މިއަހަރު ސޮނީ އެންޓަޓައިމެންޓް ޓެލެވިޡަން އަދި ސޮޏީ ލިވް އިން ދައްކަން ނިންމައިފި އެވެ.

ޝަރީ 2024

މިއީ ސޮނީއަށް މި ޝޯގެ ރައިޓްސް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މާސްޓަރޝެފްގެ 6 ސޭޒަންވެސް ބްރޯޑްކާސްޓުކުރީ ސްޓާރޕްލަސްއިންނެވެ. މިއީ ކޮވިޑް ބަލިމަޑުކަމަށް މެދުކަނޑާލުމަށް ފަހު މި ޝޯ ގެނައުމަށް މާސްޓާރޝެފް ފްރެންޗައިޒްއާއި އެކު ސޮނީ އިން ހެދި އެއްބަސްވުމާއި އެކު ލިބިގެން ދިޔަ ރައިޓްސްއެކެވެ.

މި ޝޯގެ މަގުސަދަކީ ކުރިއަރަމުން އަންނަ ޝެފުންގެ ކަލިނަރީ އަދި ކުކިން ސްކިލްސް އިން އޯޑިއަންސް ހިތްދަމައިގަންނަ ފަދަ މަސައްކަތްތަށް ދައްކާލުމެވެ.

މާސްޓާޝެފްގެ އޮޑިޝަންތަށް ވަރަށް އަވަހަށް ކޮލްކަތާ އިން ފެށިގެން މުމްބާއީ، ހައިދަރުއާބާދު އަދި ދިއްލީ ގައި ކުރިޔަށް ގެންދިޔުމަށް ސޮނީއިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު އަންނަނީ މި ޝޯގެ ޓީޒާތަށް ދައްކަމުންނެވެ.

މިއަހަރުގެ ޝޯގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ ޝެފް ވިކާސް ކަންނާ އާއި ޝެފް ރަންވީރް ބްރާރް އަދި ޝެފް ގަރީމާ އަރޯރާ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ