logoEN
ޕީއެންސީ 2
ފިލިޕީންސަށް ބާރުގަދަ ތޫފާނެއް އަރައި ހަތަރު މީހުން މަރުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ތޫފާނެއް އަރައި ހަތަރު މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

9/26/2022, 8:12:04 AM

# ފިލިޕީންސް

philnesw

ފިލިޕީންސްގެ މައި ރަށަށް އެރި ތޫފާނުގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ހަތަރު މީހަކު މަރުވެ އެކަކު ގެއްލިއްޖެ އެވެ.

ޝަރީ 2024

ތޫފާން ނޫރޫގެ ސަބަބުން އެ ގައުމުގެ 110 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ލުޒޯން އަށް 240 ކިލޯމީޓަރު (149 މޭލު) ގެ ބާރުމިނުގައި ވައިޖެހި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފޯކާސްޓަރުން ވިދާޅުވާ ގޮތުގައި ލޫޒޯންގެ ހުޅަނގުން އަދި މި ބާރުގަދަ ތޫފާނުގެ ސަބަބުން "އެކްސްޕްލޯސިވް އިންޓެންސިފިކޭޝަން" އެއް ވަނީ ކުރިމަތިވެފަ އެވެ.

ނޫރޫ އަކީ މިއަހަރު ފިލިޕީންސަށް އެރި އެންމެ ވަރުގަދަ ތޫފާނެވެ.

ބުލަކަން ސަރަހައްދުގެ ގަވަރުނަރު ޑެނިއަލް ފެނާންޑޯ ވިދާޅުވީ، ސެން މިގުއެލް ޑިސްޓްރިކްޓްގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށް ދަނިކޮށް، ޕްރޮވިންޝަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮފީސްތަކުގެ 5 މީހަކު ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ކަމަށެވެ. އޭގެ ތެރެއިން 4 މީހަކު މަރުވެފައި އޮތްވާ ފެނިފައިވާ އިރު އެކަކު އަދިވެސް ނުފެނެއެވެ.

ތޫފާނުގެ ސަބަބުން 74،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާއިރު، އޮފިޝަލުން މީގެ ކުރިން ވަނީ ވެރިރަށް މެނީލާގެ ބައެއް ސަރަހައްދުތަކުގައި "ވަރަށް ބޮޑަށް ފެންބޮޑުވާނެ ކަމުގެ " އިންޒާރުތައް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ