logoEN
cocacola
ފެންނަން ހުރި ހަގީގަތަކީ، ގޮންޖެހުންތަކާއެކުވެސް މިސަރުކާރުން ގެންނަމުންދާ ވަށާޖެހޭ ތަރައްގީ - އަމީރު

ފެންނަން ހުރި ހަގީގަތަކީ، ގޮންޖެހުންތަކާއެކުވެސް މިސަރުކާރުން ގެންނަމުންދާ ވަށާޖެހޭ ތަރައްގީ - އަމީރު

# ފިނޭންސް މިނިސްޓަރ# ހދ. ހަނިމާދޫ އެއާޕޯޓު# އިބްރާހިމް އަމީރު

Ameer

ދުނިޔޭގެ އިޤްތިސާދަށްް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް، މިސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި އެކި ދާއިރާތަކަށް ގެންނަމުންދާ ތަރައްގީއަކީ މީގެ ކުރީގެ އެއްވެސް އަހަރުތަކަކަށްވުރެ ބޮޑު އަދި ވަށާ ޖެހޭ ތަރައްގީއަކީ ފެންނަން ހުރި ހަގީގަތް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ހދ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގައި މާދަމާ ސޮއިކުރާނެ ކަން ފާހަގަކޮޮށް އަމީރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުއަކީ ބޮޑު ތިލަދުންމަތި އިތުރުން، މުޅި ރާއްޖޭގެ އިޤްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއުއަކީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމުގައި ވެސް އަމީރު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތަށް 136 މިލިއަން ޑޮލަރު (2.1) ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

https://gaafu.mv/80317

މިމަސައްކަތް ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ ހަވާލުކޮށް، މި މަޝްރޫއުގެ މަސައްކަތް 2024 ވަނަ އަހަރު ނިންމައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯ މީޓަރުގެ އައު ރަންވޭއެއް ގާއިމުކުރާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އައު ޓާމިނަލެއް ހަދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ