logoEN
ޕީއެންސީ 2
ވެލިގާ ރޯޑްޝޯ ތިނަދޫގައި ފަށައިފި

ވެލިގާ ރޯޑްޝޯ ތިނަދޫގައި ފަށައިފި

އަހުމަދު ޝުރާއު

logo

9/24/2022, 11:18:27 AM

# ވެލިގާ# ވެލިގާ ރޯޑްޝޯ ތިނަދޫ

_AMN7785 1

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ކުންފުނިން ގދ ތިނަދޫގައި ވެލިގާ ރޯޑްޝޯ ފަށައިފި އެވެ.

ޝަރީ 2024

މި ރޯޑްޝޯ ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު އެވެ. އެގޮތުން ވެލިގާ ރޯޑްޝޯ ކުރިޔަށް ދާނީ ގދ ތިނަދޫ ފެރީ ޓާމިނަލް ސަރަހައްދުގައި އެވެ.

މި ރޯޑްޝޯ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މި ރޯޑްޝޯގައި ވެލިގާ ހާޑްވެއާއި ބްލެންކް ބައި ވެލިގާގެ ޕްރޮޑަކްޓުތަށް ވަނީ ޝޯކޭސްކޮށްފައެވެ. އަދި މި ތަކެތި އެކްސްޕީރިއަންސް ކޮށްލުމުގެ ފުރުސަތުވެސް ރޯޑްޝޯ އިން ލިބިގެންދާނެ އެވެ. އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ޕްރޮޑަކްޓްތަކާއި ގުޅޭ އެންމެ ތަފްސީލީ މައުލޫމާތު ދިނުމަށް ވެލިގާގެ މުވައްޒަފުން މި ރޯޑްޝޯގައި ހަރަކާތްތެރިވާނެ އެވެ.

މި ރޯޑްޝޯ ކުރިޔަށްދާ ގަޑިތަށް:

ހެނދުނު 09:00 އިން ފެށިގެން މެންދުރު 13:00 އަށް

ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އަށް

ރޭގަނޑު 20:00 އިން ފެށިގެން 22:00 އަށް

undefined

މި ރޯޑްޝޯތަށް ކުރިޔަށް ދާނީ ދެ ކޮމްޕޮނެންޓެއްގެ ގޮތުގައި އެވެ. އެގޮތުން ވެލިގާގެ ޓީމުން ތިނަދޫއާއި ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނާއި ވަކިން ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ދެވަނަ ކޮމްޕޮނެންޓެއްގެ ގޮތުގައި ކުރިޔަށް ދާނީ ފެރީ ޓާމިނަލް ސަރަހައްދުގައި ކަސްޓަމަރުންނާއި އެކު ކުރިޔަށް ދާ ހަރަކާތެވެ.

މި ރޯޑްޝޯގެ އިވެންޓް މެނޭޖިންގ ޕާޓްނަރަކީ ހަވަރު ސްޕޯޓްސްއެވެ. ހޯސްޓް ޕާޓްނަރަކަށް ތިނަދޫ ކައުންސިލް ހަމަޖައްސާފައިވާއިރު އެސޯސިއޭޓް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫގެ ޓޭޑް ޖަމިއްޔާއެވެ. ފޮޓޯ އެންޑް ވީޑިއޯ ޕާޓްނަރަކަށް ގާފު މިޑިއާ ގްރޫޕު ހަމަޖައްސާފައިވާ އިރު ރީޖަނަލް އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނި ގާފު އޮންލައިން އެވެ. ފުޑް އެންޑް ބެވަރޭޖަސް ޕާޓްނަރަކަށް ވޯޓާ ޑެކް އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާ ޓެކް ވަނީ ހަމަޖައްސާފައެވެ. މި އިވެންޓް އެންޑޯސްކޮށްފައިވަނީ ގދ އަތޮޅު ކައުންސިލާއި ގދ ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިންނެވެ.

undefined

ވެލިގާ ރޯޑްޝޯއެެއް ރާއްޖޭގެ އުތުރުން ހދ ކުޅުދުއްފުށީގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ރޯޑްޝޯ ބާއްވާނެ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ