logoEN
cocacola
މިމަހުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 78،000 އިން މައްޗަށް

މިމަހުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 78،000 އިން މައްޗަށް

އައިޝަތު އިފާޝާ

logo

9/24/2022, 10:42:32 AM

# ފަތުރުވެރިކަން# ޓުއަރިޒަމް މިނިސްޓްރީ# ފަތުރުވެރިކަމުގެ ރަން އަހަރު

eqxP0e9mYerPwoPs9yMX

މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 78،000 އިން މައްޗަށް އަރައިފިއެވެ.

ގޮސިޔާ

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް"ގެ 33 ވަނަ ބައިގައި އާންމު ކުރި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 78،548 އެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުގައި މި ސެޕްޓެމްބަރު މަހު ހަތްދިހަ އަށްހާސް ފައްސަތޭކަ ސާޅީސް އަށް (78،548) ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.6 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ތިރީސް ތިން (84،133) ފަތުރުވެރިންނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރުވެސް 2.5 އިންސައްތައިގެ ދަށްވުމެކެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ ހަހާސް ހަސަތޭކަ ފަންސާސް ނުވަ (6،659) ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،157،183 އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 37.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިސްފައިވަނީ 840،099 ފަތުރުވެރިންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު އައިސްފައިވާ ފަތުރުވެރިން 4.7 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1،214،462 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 4،383 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އެވަރޭޖުކޮށް 8 ދުވަހު ރާއްޖޭގައި މަޑުކުރާކަމަށް މިނިސްޓްރީން ބުނެއެވެ.

މިވަގުތު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ޓޮޕް މާކެޓުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން މިހާތަނަށް 163،717 ފަތުރުވެރިން ވަނީ އައިސްފައެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު ރަޝިއާއިން 137،501 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. އެގައުމުން 129،568 ފަތުރުވެރިން އައިސްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ