logoEN
ކޮކާކޯލާ
މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަނެއް ފެނަކައިން ތައާރަފުކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަނެއް ފެނަކައިން ތައާރަފުކޮށްފި

އަހުމަދު ޝުރާއު

logo

9/23/2022, 10:39:24 AM

# ފެނަކަ ކޯޕަރޭޝަން

FC4C6189-6343-4915-B391-2C524D36AAE0

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ އެޕްލިކޭޝަން "ފެނަކަ އައިސް" ލޯންޗްކޮށްފިއެވެ.

އަބުޅޯ

މިއީ ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ތައާރަފު ކުރި ހިދުމަތެެއް ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އިއްޔެ މި އެޕް ރަސްމީކޮށް ލޯންޗްކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ ސީއީއޯ އަޙްމަދު ސައީދެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް އެއްވެސް ބޭނުންވަރަކަށް އައިސް ލިބޭނެއެވެ. އަދި އައިސް ބޭނުންވަނީ ކޮން ރަށަކުންތޯއާއި، ބޭނުންވަނީ ކިހާ މިންވަރެއްތޯއާއި، ލިބޭނީ ކިހާ ވަރަކަށްތޯ ބެލޭނެއެވެ. އަދި އޯޑަރ ޔަޤީންވުމުން އެކަން މަސްވެރިންނަށް މެސެޖަކުން އެނގޭނެއެވެ. www.ice.fenaka.mv މެދުވެރިކޮށް މި އެޕްލިކޭޝަންއަށް ވަދެވޭނެއެވެ.

މި ޚިދުމަތާއެކު، އައިސް ހޯދުމަށް މަސްވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، މިހާރަށްވުރެ އިތުބާރާއި ޔަގީންކަމާއެކު އައިސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. އަދި ޔަޤީންކަމެއްނެތި އައިސް ހޯދަން ކިޔޫގައި މަޑުކުރަންޖެހޭ ޖެހުމަށް ނިމުން ގެނެވި މަސްވެރިންނަށް އެކަމުން ބޮޑު ޚަރަދެއް ސަލާމަތް ކުރެވިގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މިފްކޯގެ ދަށުން ހިންގަމުން އައި 14 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާއި އިއްޔެ ވަނީ ހަވާލުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ