logoEN
ޕީއެންސީ 2
ސޮވެރިން ޑިވެލޮޕްމެޓް ފަންޑުން ފައިސާއެއް ނުގެއްލޭ - މިއުވާން

ސޮވެރިން ޑިވެލޮޕްމެޓް ފަންޑުން ފައިސާއެއް ނުގެއްލޭ - މިއުވާން

# ރައީސް އޮފީސް# މިއުވާން މުހައްމަދު

Miuvaan

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި އަހަރު ނިމޭއިރު ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވާ ޢަދަދަށް ފައިސާ ހުންނާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޝަރީ 2024

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މިހެން ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމެންޓް ފަނޑުގައި ފައިސާ ނެތްކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައާއި ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަކީ އެއްވަރެއްގައި އަހަރުގެ ހުރިހާ ދުވަހެއްގައި ހިފެހެއްޓިފައި ހުންނަ އެއްޗެއް ނޫންކަމަށާ އެފައިސާއަކީ އެކިކަންކަމުގައި ޚަރަދުވެސް ކުރެވޭ ފައިސާއެއް ކަމަށެވެ. އެހެންކަމުން ފަންޑުގެ ރިޕޯޓުތަކުން ފަނޑަށް ބަދަލު އަންނަމުންދާ މިންވަރު ފެންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމެންޓް ފަނޑުގައި ހުންނާނެކަމަށް ބަޖެޓުގައި ހިމެނިފައިވާ ޢަދަދަށް ފައިސާ ހުންނާނެ ކަމަށެވެ. އަދި އެއްވެސް ފައިސާއެއް މިހާތަނަށް ގެއްލިފައި ނުވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަރައްގީގެ މަޝްރޫއުތަކަށް އިންވެސްޓްކުރަން ސަރުކާރުން ނަގާ ލޯނުތަކުގެ ބުރަ ފަހުގެ ޖީލުތަކަށް އުފުލަން ނުޖެހޭނެހެން، ފަހަށް ފައިސާ ރައްކާކުރުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. މިފަންޑުގައި މިހާރު ފައިސާ ނެތްކަމަށް އިދިކޮޅުން ފަރާތްތަކުން ބުނިނަމަވެސް އެ ފަނޑު ހިނގަން ޖެހޭ ގޮތަށް ހިނގަމުންދާ ކަމުގެ ޔަޤީންކަން ސަރުކާރުން މިވަނީ ދެއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ