logoEN
ޕީއެންސީ 2
އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރީ އައިސްގެ އަގުހެޔޮކުރުމަށް - ފިޝަރީޒް މިނިސްޓަރ

އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރީ އައިސްގެ އަގުހެޔޮކުރުމަށް - ފިޝަރީޒް މިނިސްޓަރ

# މިފްކޯ# ފިޝަރީޒް މިނިސްޓްރީ# ފެނަކަ ކޯޕަރޭޝަން# އައިސް ޕްލާންޓު

Dr. Hussain Rasheed Hassan

މިފްކޯގެ ދަށުން ހިންގަމުން އައި ބައެއް އައިސްޕްލާންޓުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ، މަސްވެރިންނަށް ފޮރުކޮށްދޭ އައިސްގެ އަގު ހެޔޮ ކުރުމަށް ކަމުގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

ފެނަކައާ އައިސްޕްލާންޓުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުގެ މައިގަނޑު މަގްސަދަކީ މަސްވެރިންނަށް އައިސް ވިއްކާ އަގު ހެޔޮ ކުރުން ކަމަށެވެ. އަދި އަނެއް މަގްސަދަކީ މިފްކޯގެ ފޯކަސް، މަސް ގަތުމާއި މަސް ވިއްކުމަށް ހުސްކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް މިކަން ކުރާއިރުގަ މިހާރަށްވުރެ އަގުހެޔޮކޮށް ރަނގަޅަށް އައިސް ފޯރުކޮށްދެވޭނެ ކަން ސަރުކާރަށް ގަބޫލުކުރެވޭތީ މިކަން މިކުރަނީ. މިކަން ކުރާއިރުގަ ފާހަގަކުރަން. މިފްކޯއަކީ ސަރުކާރުގެ އެންމެ ގިނަ ދުވަސްވީ މަސްވެރި ކުންފުނި. އަދި ހަމައެކަނި ސަރުކާރަށް މަސް ގަންނަ ކުންފުނި. އެހެންވެ އެކުންފުނީގެ އަސްލު މަސައްކަތް ކަމުގައިވާ މަސް ގަނެ މަސް ޕްރޮސެސްކޮށް އެ އެކްސްޕޯޓުކޮށް ވިޔަފާރި ފުޅާ ކުރުމަށްޓަކައި އެމީހުންގެ އަސްލު މަސައްކަތަށް ފޯކަސް ކުރުމަށް މަގުވެސް ފަހިވެގެންދާނެ --- ފިޝަރީޒް މިނިސްޓަރ

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފެނަކަައާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފުރިހަމަ އިތުބާރާ އެކުގައި ކަމަށެވެ.

https://gaafu.mv/79605

ފެނަކައާ ހަވާލުކޮށްފައިވަނީ މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެކެވެ. އެ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްުޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އިތުބާރާއެކު ނުހުއްޓި، މަސްވެރިންނަށް އައިސް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވާ ކަމަށެވެ.

ތަފްސީލް އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ