logoEN
cocacola
ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ - ނައިބު ރައީސް

ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ - ނައިބު ރައީސް

އައިޝަތު އިފާޝާ

logo

9/21/2022, 5:50:53 PM

# ފައިސަލް ނަސީމް# ނައިބު ރައީސް

249646_c31f8c7f-d_

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުޅަހެޔޮ ސިއްޙަތަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މުޖުމަޢުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްޙަތަށް ހެޔޮބަދަލެއް ގެނައުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ އެކަން ހާޞިލްކުރަން އުނދަގޫ ނުވާނެކަމުގައިވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ