logoEN
ޕީއެންސީ 2
ގޯތި ހޯދުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ގޯތި ހޯދުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އަލްފާ އަލީ

logo

9/20/2022, 6:58:01 PM

# މާލެ# ޕްލޭނިން މިނިސްޓްރީ# ބިންވެރިޔާ

110483_3_5e32148242923faf6b6c6eee6e18fb0134b7aa1a_large

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޝަރީ 2024

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް 15 ސެޕްޓެންބަރ 2022 ވަނަ ދުވަހު ގެނައި އިސްލާހާއެކު، ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އުސޫލަށް ގެނައި ބަދަލުގައި ވާ ގޮތުން މާލޭ ރައްޔިތެއް ކަމުގައި ބަލާނީ މީގެ ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީ ވެފައި ނުވާ މީހުންނެވެ.

އެހެންނަމަވެސް، މަންމަ ނުވަތަ ބައްޕައަކަށް މާލޭ މީހަކަށް ވެފައި، ސަރުކާރެއްގެ ސިޔާސަތެއް ނުވަތަ ގަވައިދެއްގެ ސަބަބުން ރެޖިސްޓްރީ ބަދަލުކުރަން ޖެހުނު މީހުންނަށް ގޯއްޗަށް ލެވޭނެ ކަމަށް ބުނެފައިވެ އެވެ.

މިފަދަ މީހަކު މިހާރު މާލޭގައި ރެޖިސްޓްރީ ވެފައިވާ ނަމަ ބަލާނީ މާލޭ ރައްޔިތެއްގެ ގޮތުގައި ކަމަށް ބުނެފައިވެ އެވެ.

މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރަން ސަރުކާރުން އިއުލާންކޮށްފައިވާ 3000 ގޯއްޗަށް ކުރިމަތިލެވެނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ރަށެއްގެ ރަށްވެހިކަން ނެތް އަދި އަބަދުވެސް މާލޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ