logoEN
ޕީއެންސީ 2
ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު!

ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު!

އަހުމަދު ޝުރާއު

logo

9/20/2022, 9:11:50 AM

# ދިރާގު# ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ

GMG_0268

ގދ އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޝަރީ 2024

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މައުރަޒުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހަފްތާގައި އެވެ. އެގޮތުން ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ކޯ ސްޕޮންސަރ އެއްބަސްވުމުގައި ތިނަދޫ ޑަބްލިއުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމެޓީގެ ރައީސާ ޖީޒާ ހަސަން އެވެ. އަދި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ދިރާގު ތިނަދޫ ބްރާންޗުގެ ސޭލްސް އެންޑް ކަސްޓަމާ ސާވިސްގެ އިސްވެރިޔާ މަރިޔަމް ޝީޒާ އެވެ.

މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ގދ އަތޮޅު ކައުންސިލެވެ. ކޯ ސްޕޮންސަރަކަށް މޯލްޑިވްސް ގޭސް އާއި ފެނަކަ ވަނީ ހަމަޖައްސާފައެވެ. އެސޯސިއޭޓް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ތިނަދޫ ކައުންސިލެވެ. އަދި މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ ވެގެންދާނީ ތިނަދޫގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެކްސްޕޯއަށެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ ތިނަދުގައި ހުންނަ ގދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި އެކްސްޕޯއަކީ ގދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާ އެކްސްޕޯއެކެވެ. ނަމަވެސް ގދ މަޑަވެލި ފިޔަވައި ގދ އަތޮޅުގެ ހުރިހާ ރަށަކުން ވަނީ މި އެކްސްޕޯގައި ބައިވެރިވެފައެވެ.

ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.

މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ.

އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.

މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް އެކުލަވާލަން ވަނީ ނިންމާފައެވެ.

އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.

މީގެ އިތުރުން ޚާއްސަ ކެއްކުމުގެ މުބާރާތެއްވެސް އެކްސްޕޯގެ ތެރެއިން ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 2-7 މެމްބަރުންގެ ޓީމަކާއި އެކުގައެވެ. މިއީ މިފަދަ ގޮތަކަށް އެންމެ ރަނގަޅު އިންތިޒާމްތަކާއި އެކު ގދ އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ކެއްކުމުގެ މުބާރާތަށް ވެގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ