logoEN
cocacola
ތިނަދޫގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރު އިތުރު ފުޓްސަލް މުބާރާތެއް ބާއްވާނަން : ތިނަދޫ ރައީސް

ތިނަދޫގެ ހުރިހާ ޒުވާނުންނަށް އަމާޒުކޮށްގެން މިއަހަރު އިތުރު ފުޓްސަލް މުބާރާތެއް ބާއްވާނަން : ތިނަދޫ ރައީސް

އަހުމަދު ޝުރާއު

logo

9/17/2022, 8:59:37 PM

# ގދ. ތިނަދޫ ކައުންސިލް# ތިނަދޫ ރައީސް، ސައުދު އަލީ

GMG_0579

ގދ ތިނަދޫގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން މިއަހަރު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އިއުލާނުކުރައްވައިފި އެވެ.

ގޮސިޔާ

މިކަން ރަސްމީކޮށް ސައުދު އިއުލާނުކުރެއްވީ މިރޭ ފެށުނު ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައުދު ވިދާޅުވީ މިރޭ ފެށޭ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތާއި ގުޅޭގޮތުން ތިނަދޫ ޒުވާނުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިކަން އެނގޭ ކަމަށާއި އެކަމަށް ހައްލެއް ހޯދައި ދިނުމުގެ މަގްސަދުގައި ތިނަދޫ ކައުންސިލުގެ މެމްބަރުންނާއި މިހާރު މަޝްވަރާކުރެވި ތިނަދޫގައި މިއަހަރު އިތުރު ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުބާރާތެއް ބާއްވާނެ ތާރީހެއް ސައުދު އިއުލާނެއް ނުކުރައްވައެވެ.

ސައުދު އިތުރަށް ވިދާޅުވީ ޒުވާނުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ކަމަކީ ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ނެހެދި ލަސްވުމުން ކަމަށާއި ލަސްތަކެއް ނުވެ އެދަނޑު ހުޅުވިގެން ދާނެ ކަމަށެވެ.

ތިނަދޫ ކައުންސިލުން އިސްނަގައިގެން ތިނަދޫގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އޮފީސް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމުލަ 11 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ