logoEN
cocacola
އުރީދޫ ޕާސްޕޯޓް: ރޯމިން އަގުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް!

އުރީދޫ ޕާސްޕޯޓް: ރޯމިން އަގުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް!

އަހުމަދު ޝުރާއު

logo

9/15/2022, 9:22:40 PM

# އުރީދޫ

photo_2022-09-15-19.35.09-e1663252607304

ރޯމިން އަގުތަކުން ޑިސްކައުންޓް ލިބޭ އުރީދޫގެ ޕާސްޕޯޓެއް ތައާރަފުކޮށްފިއެވެ.

ގޮސިޔާ

މި ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ރޯމިން ރޭޓްތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް، ވިދާޅުވީ އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޙިދުމަތެއް ކަމަށެވެ. އަދި 200 އަށްވުރެ ގިނަ ގައުމުގައި ރޯމިންގ ރޭޓްތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ

އުރީދޫ ޕޯސްޓްޕެއިޑް ރޮމިންގް ކަސްޓަމަރުން އަދި އަލަށް ރޯމިންގް އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގް ގެ ޙިދުމަތް ހޯދާލުމަށް ގްރޭޓަރ މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރއަކަށް ވަޑައިގެން އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެއެވެ.

ޑޭޓާ ރޯމިންގް ހިދުމަތް ފަސޭހަކަމާއެކު *929*6# އަށް ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އުރީދޫ ޕާސްޕޯޓް ކަސްޓަމަރުންގެ ފޯނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިންގްސް ޙިޔާރު ކުރެއްވުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިންގް ހިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެއެވެ.

އުރީދޫ ޕާސްޕޯޓް ސިމަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޙިދުމަތް ބެނުންކުރެވޭނެއެވެ. ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭންއަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ