logoEN
ޕީއެންސީ 2
ތިނަދޫ މިއުޒިއަމް ޕާކުގެ ފައްވާރުން ފެން އަރުވަނީ!

ތިނަދޫ މިއުޒިއަމް ޕާކުގެ ފައްވާރުން ފެން އަރުވަނީ!

އަހުމަދު ޝުރާއު

logo

9/15/2022, 4:33:51 PM

# ގދ.ތިނަދޫ

43299347_1871396066279758_6573992997568905216_n

ގދ. ތިނަދޫ އާބާދީ މައިޒާނުގެ ވޯޓާ ޕާކުގެ ފެންވާރުން މިރޭ ފެންއަރުވަން ނިންމައިފި އެވެ.

ޝަރީ 2024

ތިނަދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިރޭ ތިނަދޫ މިއުޒިއަމް ޕާކުގެ މިއުޒިކަލް ފައުންޓެއިން ( ފެންވާރު ) މިރޭ ފެންއަރުވާނެ ކަމަށެވެ. އެގޮތުން މިރޭ ޚާއްސަ ކޮށްފައިވަނީ ތިނަދޫގައި މިއަދު ނިމޭ އެތްލެޓިކްސް މުބާރާތަށް ތިނަދޫއަށް ޒިޔާރަތްކުރި މެހެމާނުންނަށެވެ.

މެހެމާނުންގެ އިތުރުން ތިނަދޫ ރައްޔިތުންނަށްވެސް މިރޭ ފެންވާރުގެ ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިގޮތުން ފެންވާރުން ފެން އަރުވަން ނިންމާފައިވަނީ މިރޭ 20:00 ގައި އެވެ.

ތިނަދޫ އާބާދީ މައިޒާނުގައި ޤާއިމްކުރި ވޯޓަރ ޕާކް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ތިނަދޫގައި އަލުން ވަޒަންވެރިވިތާ 55 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބޭއްވި އާބާދީ55 ހަރަކާތްތަކުގެ ތެރެއިންނެވެ. އެ ފެންއަރުވާވަޑާން ހުޅުވާލާފައިވަނީ ދެ އަހަރު ވަންދެން ބޭނުން ކުރުން މެދު ކެނޑިފައި އޮތުމަށްފަހު އެވެ.

މަރާމާތަށްފަހު އަލުން ވޯޓާ ޕާކު ހުޅުވުމަށްފަހު އެކި މުނާސަބާތްތަކުގައި އެފެންވާރު ދަނީ ބޭނުންކުރަމުންނެވެ.

އެ ފެން އަރުވާ ވަޑާމަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ފެންއަރުވާ ވަޑާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ