logoEN
ޕީއެންސީ 2
އެމްޓީސީސީއިން ދާންދޫގައި ކުރިޔަށްގެންދާ މަޝްރޫއުތައް އާޒިމް ބައްލަވާލައްވައިފި

އެމްޓީސީސީއިން ދާންދޫގައި ކުރިޔަށްގެންދާ މަޝްރޫއުތައް އާޒިމް ބައްލަވާލައްވައިފި

އަހުމަދު ޝުރާއު

logo

9/13/2022, 3:19:40 PM

# އެމްޓީސީސީ# ގއ.ދާންދޫ

އްްެއ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ، އެމްޓީސީސީއިން ގއ ދާންދޫގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މަސައްކަތްތަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ.

ޝަރީ 2024

މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އާޒިމްގެ އަރިހުގައި އެމްޓީސީސީގެ މެނޭޖްމެންޓުގެ އިތުރު ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ހެނދުނު ދާންދޫއަށް ވަޑައިގެން އާޒިމް ވަނީ އެމްޓީސީސީއިން އެރަށުގައި ކުރިޔަށް ގެންދާ ބިން ހިއްކުގެ މަޝްރޫއާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތަށް ބައްލަވާލައްވާފައެވެ. އާޒިމްގެ އަރިހުގައި ދާންދޫ ކައުންސިލްގެ މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްޓީސީސީއިން ދަނީ ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމަށް ޙައްލެއްް ގެނައުމަށްޓަކައި ރަށުން 25 ހެކްޓަރު ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަމުންނެވެ.

View post on Twitter

ދާންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އަދި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

ބިން ހިއްކުމުގެ އިތުރުން 1238 މީޓަރުގެ ސަރަޙައްދުގައި ބޮޑު ހިލައިގެ ތޮއްޓެއް ލުމާއި، 240 މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖެހުމަށް ވަނީ ނިންމާފައެވެ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން، 186.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.

ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގައި ހިމެނެނީ 81،404 ކިއުބިކް މީޓަރ ބަނދަރު ފުން ކުރުމާއި 333 މީޓަރ ބޭރުތޮށި ޖެހުމާއި 370 މީޓަރ ރިވެޓްމަންޓް ޖެހުމާއި 30 މީޓަރ ގްރޮއިން ޖެހުމާއި 529 މީޓަރ އެއްގަމުތޮށި ޖެހުމާއި 104 މޫރިންގ ރިންގް ހަރުކުރުން އަދި 10 މޫރިންގ ބޮއި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

70،862،508.89 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 485 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ