logoEN
ޕީއެންސީ 2
ދަރިންގެ ލޮލުގެ ފެނުން ގެއްލުމުގެ ކުރިން އާއިލާ އެކީގައި "ވޯލްޑް ޓުއާ" އަކަށް

ދަރިންގެ ލޮލުގެ ފެނުން ގެއްލުމުގެ ކުރިން އާއިލާ އެކީގައި "ވޯލްޑް ޓުއާ" އަކަށް

އައިޝަތު އިފާޝާ

logo

9/13/2022, 8:15:06 AM

# ދުނިޔެ

fam

ދަރިންގެ ލޮލުގެ ފެނުން ގެއްލުމުގެ ކުރިން އެކުދިންނަށް ދުނިޔޭގެ ރީތިކަން ދައްކާލުމުގެ މަގްސަދުގައި އާއިލާއަކުން އެކުދިން ގޮވައިގެން "ވޯލްޑް ޓުއާ" އަކަށް ގޮސްފިއެވެ.

ޝަރީ 2024

އެއާއިލާއަށް ލިބިފައިވާ ހަތަރު ދަރިންގެ ތެރެއިން ތިން ކުދިންނަށް ރެޓިނައިޓިސް ޕިގްމެންޓޯސާ ޖެހިފައިވާ ކަން އެނގުމުން އެކުދިންގެ ހަނދާނުގައި ދުނިޔޭގެ ރީތިކަމާއި އެކި ހަނދާންތައް ބެހެއްޓުމުގެ ގޮތުން އެކުދިންގެ މައިންބަފައިން ކަމަށްވާ ސެބެސްޓިއަން ޕެލެޓިއަރ އާއި އެޑިތް ލޭމޭ ނިންމީ އެކުދިން ގޮވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރުމަށެވެ. ރެޓިނައިޓިސް ޕިގްމެންޓޯސާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެކެވެ. މިބަލީގެ ސަބަބުން ދުވަސްވަމުންދާ ވަރަކަށް ލޮލުގެ ފެނުން ގެއްލިގެންދެއެވެ.

އެދެމަފިރިންގެ އަންހެން ދަރިފުޅު މީއާގެ ލޮލުގެ ފެނުމުގައި މައްސަލަ އެއް އުޅޭކަން އެނގުނީ އެކުއްޖާގެ އުމުރުން އެންމެ ތިން އަހަރުން ކަމަށް އެދެމަފިރިން ބުނެއެވެ. އަދި އޭގެ އަހަރެއް ފަހުން އެދެމީހުންގެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅު މިއާއަށް ރެޓިނިސް ޕިގްމެންޓޯސާ ޖެހިފައިވާ ކަން އެނގުނެވެ.

undefined

އަދި އޭގެ ފަހުގައި އެދެމަފިރިންނަށް އެމީހުންގެ ދެ ފިރިހެން ކުދިން ކަމަށްވާ އުމުރުން މިހާރު 7 އަހަރުގެ ކޮލިން އާއި، އުމުރުން މިހާރު ފަސް އަހަރުގެ ލޯރެންޓް ގެ ފަރާތުންވެސް އޭގެ އަލާމަތްތައް ފެންނަން ފެށިއެވެ.

އެމީހުންގެ ބިރު ކަށަވަރުވީ 2019 ވަނަ އަހަރު ފިރިހެން ކުދިންނަށް ހަމަ އެ ޖެނެޓިކް ޑިސްއޯޑާ ޖެހިފައިވާކަން އެނގުމުންނެވެ. އެހެން ނަމަވެސް އެމީހުންގެ އަނެއް ދަރިފުޅު ލިއޯ، މިހާރު ނުވަ އަހަރުގެ ލޮލުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނޫޅޭކަން އެމީހުންނަށް އެނގުނެވެ.

undefined

މި ހަބަރު ލިބުމާއެކު އެ ދެމަފިރިން އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޭނުންވާ ހުނަރުތައް ބިނާކުރުމަށް ދަރިންނަށް އެހީތެރިވުމަށެވެ. އެގޮތުން ދަރިން ގޮވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އަހަރެއްހާ ދުވަސް ހޭދަކުރުމަށް ދެމަފިރިން ޕްލޭން ކުރިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ