logoEN
cocacola
ހޮޓެލް އޭޝިއާ 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

ހޮޓެލް އޭޝިއާ 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

އަހުމަދު ޝުރާއު

logo

9/11/2022, 10:10:33 PM

# ދިރާގު

aswwqer

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ގޮސިޔާ

ހޮޓެލް އޭޝިއާ 2022 އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ އިވެންޓެކެވެ. އަދި މި އިވެންޓުގެ ޒަރިއްޔާއިން އެފަރާތްތަކަށް ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

މި އަހަރުގެ އިވެންޓަކީ ދިވެހިރާއްޖޭގައި ބޭއްވޭ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަންއެވެ. މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އިން 12 އޮކްޓޫބަރުގެ ނިޔަލަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގައެވެ.

View post on Twitter

ހޮޓެލް އޭޝިއާ 2022 އަކީ 150 އަށް ވުރެ ގިނަ ކުންފުންޏާއި 500 އަށް ވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަނެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ