logoEN
cocacola
ކަޑިޒްގެ މައްޗަށް ބާސާއަށް ފަސޭހަ މޮޅެއް

ކަޑިޒްގެ މައްޗަށް ބާސާއަށް ފަސޭހަ މޮޅެއް

އަހުމަދު މާހު

logo

9/11/2022, 8:55:57 AM

# ލަލީގާ

1422575596.0

ސްޕެނިޝް ލަލީގާގައި ރޭ ކަޑިޒް އާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބާސެލޯނާ އިން ކާމިޔާބުކޮށްފި އެވެ.

ގޮސިޔާ

ކަޑިޒް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައި ކަޑިޒްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ބާސެލޯނާއަށް ގޯލެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ. އަދި ކަޑިޒް އަށްވެސް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުންވެސް އެޓީމަކަށް ނުކުރެވުނެވެ.

ދެވަނަ ހާފް ފަށައިގެން 55ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފްރޭންކީ ޑި ޔޮންގްއެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބާސާ އިންނެވެ.

މެޗުގެ 67ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރޮބާޓް ލެވަންޑޮސްކީ އެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާއަށް 6 ގޯލް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ސަޕޯޓަރަކަށް ދިމާވި ސިއްހީ ކުއްލި އިމަޖެންސީއަކާ ގުޅިގެން 30 މިނެޓަށް މެޗު މެދުކަނޑާލެވުނެވެ. އެއަށްފަހު މެޗު ގެ ނުނިމި އޮތްބައި ކުޅެންފަށައި 86ވަނަ މިނެޓުގައި އަންސޫ ފާޓީ ވަނީ ބާސެލޯނާއަށް 3ވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 4ވަނަ ގޯލް ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައި އުސްމާނޭ ޑެމްބެލޭ އެވެ.

މުޅި މެޗުގައި ބާސެލޯނާއިން 16 ހަމަލާއެއް އުފައްދާފައިވާއިރު 8 ހަމަލާއެއްވަނީ ގޯލާ އަމާޒުކޮށްފައެވެ. ކާޑިޒް އަށް މުޅި މެޗުގައިވެސް ފޮނުވާލެވުނީ 8 ހަމަލާގެ ތެރެއިން އެއްވެސް ހަމަލާއެއް ގޯލާ އަމާޒުކުރެވިފައި ނުވެއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މިއީ ބާސެލޯނާއަށްވެސް ތާރީޙީ މޮޅެކެވެ. ސަބަބަކަށްވަނީ 2006ވަނަ އަހަރަށްފަހު ބާސެލޯނާއަށް ކަޑިޒް ބަލިކުރެވިފައި ނެތުމުންނެވެ. 2006ވަނަ އަހަރަށް ފަހު މި ދެޓީމް 4 ފަހަރަށް ބައްދަލުކޮށްފައިވާއިރު ދެ މެޗުން ކާޑިޒް ވަނީ މޮޅުވެފައެވެ. އަދި ދެމެޗު ވަނީ އެއްވަރުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ