logoEN
cocacola
ލިވަޕޫލްގެ ކޯޗުކަމުން ކްލޮޕް ބޭރުކޮށްލުމަށް މައުމޫން ގޮވާލައިފި

ލިވަޕޫލްގެ ކޯޗުކަމުން ކްލޮޕް ބޭރުކޮށްލުމަށް މައުމޫން ގޮވާލައިފި

# ކުޅިވަރު# ރައީސް މައުމޫން# ލިވަޕޫލް

WhatsApp Image 2022-09-08 at 13.40.04

ލިވަޕޫލްގެ ކޯޗުކަމުން ޖާގަން ކްލޮޕް ބޭރުކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.

ގޮސިޔާ

ރައީސް މައުމޫން، ކްލޮޕް ބޭރުކޮށްލުމަށް ގޮވާލާފައިވަނީ އެމަނިކުފާނުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ. މިއަދު 13:01 ގައި މައުމޫން ޓްވީޓް ކުރެއްވީ "ސެކް ކްލޮޕް" މިގޮތަށެވެ. އެކަމަކު 20 މިނެޓްވެސް ނުވަނީސް އެމަނިކުފާނު ވަނީ އެ ޓްވީޓް ޑިލީޓްކޮށްލާފައެވެ.

undefined

ލިވަޕޫލްގެ މިސީނުގެ ޕާފޯމެންސް ދަށްވުމުގެ ސަބަބުން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި މިފަހަރު ލިވަޕޫލަށް މޮޅެއް ހޯދުނީ ކުޅުނު 7 މެޗުން އެންމެ ތިން މެޗުންނެވެ. ލީގުގައި އެއްމެޗުން ބަލިވެފައިވާއިރު ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އަދި ރޭ ޗެމްޕިއަންސްލީގު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުންވެސް 4-1 ގެ ނަތީޖާއަކުން ނަޕޯލީ އަތުން ލިވަޕޫލް ވަނީ ބަލިވެފައެވެ.

ރައީސް މައުމޫންވެސް ފާހަގަވެފައިވަނީ ލިވަޕޫލްގެ ވަރަށް ވަރުގަދަ ސަޕޯޓަރެއް ގޮތަށެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި 1990ގެ އަހަރުތަކުން ފެށިގެން އެމަނިކުފާނު އަބަދުވެސް ސަޕޯޓްކުރައްވަނީ ލިވަޕޫލަށެވެ. ބައެއް ފަހަރު ލިވަޕޫލުގެ ސަޕޯޓަރުންނާ އެކު ބައެއް މެޗުތައް ވެސް ބައްލަވާ ހައްދަވާ މައުމޫން އަކީ ރާއްޖޭގައި ބޭއްވޭ ލިވަޕޫލް އިވެންޓްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް މައުމޫން އަކީ ރާއްޖޭގައި ޗެރިޓީ ހަރަކާތްތައް ހިންގާ އެންމެ އެކްޓީވް ފުޓްބޯލް ސަޕޯޓަސް ކްލަބް OLSC Maldives ވެސް މެމްބަރެކެވެ. ރާއްޖޭގައި އުފެއްދި ސަޕޯޓާސް ކްލަބްތަކުގެ ތެރެއިން ލިވަޕޫލް ސަޕޯޓަރުން ހިމެނެނީ އެންމެ ހަރަކާތްތެރި ގްރޫޕުގެ ގޮތުގަ އެވެ. އޮފިޝަލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) ވެގެން ގޮސްފައިވަނީ އިޖުތިމާއީ ކަންކަމުގައިވެސް ވަރަށް ހަރަކާތްތެރި ކްލަބަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ