logoEN
ޕީއެންސީ 2
މެޑްރިޑުން ޜޭއަލް ބެޓިސް ބަލިކޮށްފި

މެޑްރިޑުން ޜޭއަލް ބެޓިސް ބަލިކޮށްފި

އަހުމަދު މާހު

logo

9/4/2022, 11:10:59 AM

# ލަލީގާ# ރެއާލް ބެޓިސް# ރެއާލް މެޑްރިޑް

1420510049.0

ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ރެއާލުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

ޝަރީ 2024

ދެ ޓީމްގެ ފަރާތުންވެސް ރޭ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ރެއާލުންނެވެ. މި ލަނޑު 9 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. ރިޔާލް މެޑްރިޑްގެ ގޯލަށް ފަހު ބެޓިސްއިން ކުޅުންރަގަޅުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެޓީމްގެ ޖާޒީ ނަންބަރު 10 އެއް ސާޖިއޯ ކެނާލެސްއެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި މެޑްރިޑްއިން ކުޅުންރަގަޅުކޮށް 65 ވަނަ މިނެޓުގައި ރޮޑްރީގޯ ޖަހާދިން ލަނޑާއި އެކު މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ރިޔާލް މެޑްރިޑް މޮޅުވެގެންނެވެ.

View post on Twitter

ރެއާލް މެޑްރިޑުން މި ސީޒަންގައި ލީގުގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެ ހަތަރު މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. އެގޮތުން 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ރެއާލެވެ. ދެވަނާގައި އޮތީ 10 ޕޮއިންޓާއިއެކު ބާސެލޯނާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ