logoEN
ޕީއެންސީ 2
ދަރިންގެ ހައްގުތައް އަދާކުރުމަކީ ހަމައެކަނި ކާންބޯން ދިނުމެއް ނޫނެވެ.

ދަރިންގެ ހައްގުތައް އަދާކުރުމަކީ ހަމައެކަނި ކާންބޯން ދިނުމެއް ނޫނެވެ.

އައިޝަތު އިފާޝާ

logo

9/3/2022, 12:56:21 PM

# މައިންބަފައިން# ދަރިންގެ ހައްގުތައް

istockphoto-888064176-612x612

އިސްލާމް ދީނުގައި މަންމައާއި ބައްޕައަށް ދެއްވާފައިވާ މަތިވެރި ޙައިޘިއްޔަތާއި ޝަރަފާއި މަގާމާއި މެދަކު ސުވާލެއް ނެތެވެ. އެއީ ވަރަށް ގިނައިން ދެކެވޭ ވާހަކައެއްވެސް މެއެވެ. އެއާއެކު އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ ދަރިންގެ ހައްގުތަކެއްވެސް ވާކަމެވެ.

ޝަރީ 2024

ދަރިޔަކު ދުނިޔެއަށް އަންނަނީ އޭނާގެ މަންމަ އާއި ބައްޕަގެ ލޯތްބާއި ޙިމާޔަތާއި އަޅައިލުމުގެ އުނގާއި ހިޔާވަހިކަމުގެ ދަށަށެވެ. އެއަންނައިރު ކުއްޖާ އޮންނަނީ އާރެއްބާރެއް ނެތް، ބަސް ނުމޮށެވޭ، ތިމާޔަށް ފައިދާހުރި އެއްޗަކީ އަދސި ގެއްލުން ހުރިއެއްޗަކީ ކޮބައިކަން ދެނެގަތުމުގެ ޤާބިލުކަމެއް ނެތް، މަންމައާއި ބައްޕަ އަދި އާއިލާގެ މައްޗަށް މުޅިން ބަރޯސާ ވާންޖެހޭ ފަދަ ނިކަމެތި ހާލަތެއްގައެވެ.

މިދެންނެވި ފަހަ ހާލަތުގައި ދުނިޔެއަށް އުފަންވާ ތުއްތު ކުއްޖާއަށް މައިންބަފައިން އަދާކުރަންޖެހޭ އެތައް ހައްގެއްވެއެވެ. އެކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެންމެހައި ކަންކަން ވީ ވަރަކުން ފުރިހަމަކޮށްދިނުމެވެ. ކުއްޖާއަށް ބޭނުންވާ މާއްދީ އެހެނިހެން ކަންކަން ފުރިހަމަ ކޮށްދިނުމާއި، ކުއްޖާއާމެދު ލޯބިވެރިކަމާއި ހަމްދަރުދީ ބެހެއްޓުމެވެ. ތުއްތު އުމުރު ފަހަނައަޅައި ގޮސް ކުޑަކުއްޖެއްގެ ގޮތުގައި ކުއްޖާ ހުންނަ އިރުވެސް ކުއްޖާއާމެދު ހުރިހައި ގޮތަކުން ހެޔޮޮކޮށް ހިތުމެވެ.

ދަރީންނަށް މައިންބަފައިން އަދާކުރަންޖެހޭ ހައްގުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހައްގަކީ، ދަރިފުޅު އެތަނެއްގައި ދިރިއުޅޭ ގޭގެ މާހައުލަކީ އިސްލާމްކަމާއި އީމާންކަމާއި އިހްސާންކަމުގެ އަލިކަމާއި ބަރަކާތުން ދިރުން ލިބިގެންވާ، ހެޔޮ ކަމުގެ މާހައުލެއް ކަމުގައި ހެދުމެވެ. ކުއްޖާއަށް ބައްޕައާއި މަންމަ އަދި ގޭގައި އުޅޭ އެހެން މީހުންގެ ފަރާތުންވެސް ފެންނަ ނަމޫނާއަކީ މިދެންނެވި ކަންތައްތައް އެކުލަވާ ރީތި ނަމޫނާތަކެއް ކަމުގައި ހެދުމެވެ. މި ދަންނަވަނީ ހަމައެކަނި ގޭގައި ކީރިތު ޤުރުއާން ކިޔަވައި، ނަމާދު ކުރާ ވާހަކައެއް ނޫނެވެ.

އެއާއެކު ރީތި އަޚްލާގުގެ ނަމޫނާގެވެސް ވާހަކައެވެ. މައިންބަފައިން އެކަކު އަނެކަކާ ވާހަކަ ދައްކައި މުއާމަލާތު ކުރުމުގައި ލޯތްބާއި އޯގާވެރިކަމާއި ރީތި ބަހުރުވައާއި އެކަކު އަނެކަކަށް ކުރާ އިހްތިރާމުން ނަމޫނާ ދައްކަން ޖެހެއެވެ. ކުރާ އިހްތިރާމުން ނަމޫނާ ދައްކަން ޖެހެއެވެ. ދޮގުހެދުން ފަދަ ބޭއަޚްލާޤީ އަދި ހުތުރު ކަންކަނމް ގޭ ތެރެއިން ކުއްޖާއަށް އެއްގޮތަކަށްވެސް ނުފެންނަކަން ކަށަވަރު ކުރަން ޖެހެއެވެ.

ހަމައެހެންމެ، މައިންބަފައިން ކުއްޖާއާ މުޢާމަލާތު ކުރަން ވާނީވެސް ލޯތްބާއި އޯގާވެރިކަމާއި އިޙްތިރާމާއެކުގައެވެ. ކުއްޖާއަށް އިހްތިރާމް ކުރުމޭ މިދެންނެވީ، ކުއްޖާގެ އިންސާނީވަންތަކަމާއި އިންސާނީ ކަރާމާތަށް ކުރާ އިހްތިރާމުގެ ވާހަކައެވެ. ކުއްޖާގެ ކިބައިން ގޯސްކަމެއް ނުވަތަ އުނިކަމެއް ނުވަތަ ކުށެއް ފެންނަ އިރަށް ބަވައިގަތުމާއި، ކުއްޖާގެ ކަންކަން ތިމާ ބޭނުންހައި ގޮތަކަށް ކުރެވިދާނޭ ކަމަށް ދެކިގެން އަމަލުކުރުން ފަދަ ކަންކަމުން ދުރުހެލިވާ ވާހަކައެވެ.

ދަރިފުޅަށް މައިންބަފައިން އަދާކުރަންޖެހޭ ހަމައެކަނި ހައްގުތަކަކީ ކާންބޯން ދިނުމާއި އަންނައުނު ފޭރާން ދިނުމާއި މަދަރުސާއަށް ފޮނުވުމެއް ނޫނެވެ. އަޅުގަނޑުމެންގެ މައިންބަފައިން އެކަން ދަންނަން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ބޮޑެތިވަމުން އަންނަ ކުދިންނަށް ދެވޭ ތައުލީމުގައިވެސް، އާއިލާގައި މައިންބަފައިންގެ ހައިޘިއްޔަތުން އަދާކުރަން ޖެހޭ ޒިންމާތަކުގެ އިލްމު އުނގަންނައިދޭން ޖެހެއެވެ. އާއިލާއެއް ބިނާކޮށް ހެޔޮގޮތުގައި ދަރިންގެ ހައްގުތައް އަދާކޮށްދީގެން، މަޔަކަށްވެގެން އަދި ބަފަޔަކަށް ވެގެން އުޅެން ނޭނގި ހުރި ކުއްޖަކަށް އޯލެވަލުން ދެން ލިބިފައި ހުރި އެއްވެސް އޭސްޓާރަކުން ކުރާނެ ހަގީގީ ފައިދާއެއް ނޯންނާނެއެވެ.

ނޯޓް: މިލިޔުމަކީ 02 ސެޕްޓެންބަރު 2022 ގައި، "ދީނުގެމަގު" މަޖައްލާއަށް އަލްއުސްތާޛު އަޙްމަދު މާޖިދު ލިޔުއްވާފައިވާ ލިޔުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ