logoEN
ކޮކާކޯލާ
ގައުމެއްގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ހައްލުނުކުރާނަމަ، އަޅުވެތިކަން ތަޙައްމަލު ކުރަން ޖެހިދާނެ - ޚުޠުބާ

ގައުމެއްގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ހައްލުނުކުރާނަމަ، އަޅުވެތިކަން ތަޙައްމަލު ކުރަން ޖެހިދާނެ - ޚުޠުބާ

އައިޝަތު އިފާޝާ

logo

9/2/2022, 1:15:19 PM

# ހުކުރު ޚުތުބާ

ޚުޠުބާ - މިސްކިތް

ގައުމެއްގެ އަމިއްލަ މައްސަލަތައް އަމިއްލައަށް ޙައްލު ނުކުރުމުގެ ނަތީޖާއަކަށްވާނީ، އަޅުވެތި ކަމުގެ ނިމުމެއް ނެތް ވޭނާއި ކެކުޅުން ތަޙައްމަލު ކުރަން ޖެހުން ކަމަށާއި، އެއީ އަރާރުން ވުމާއި، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ޤައުމީ ސަލާމަތާއި، އާއްމު މަސްލަހަތު އިސްކުރުމާއި، އިސްލާމް ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާއި، އަނިޔާވެރިވުމާއި، ނުކިޔަމަންތެރިކަމުގެ ހިތި ނަތީޖާކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

އަބުޅޯ

މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާކޮށްގެން ރައްޔިތުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ރައްޔިތުންގެ ކަންކަމާ ޙަވާލުވެފައިވާ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން ކަމަށެވެ. އަދި ކޮންމެ ކަމެއްގެ ހައްލަކީ، އެއްބަޔަކު، އަނެއް ބަޔަކަށް އަނިޔާކުރުމާއި، ހުތުރު ބަހުން މުޚާޠަބު ކުރުމާއި، ސޯޝަލްމީޑިއާގައި ޙަޤީޤަރާ ޚިލާފު ހުތުރުކަން ބޮޑު ވާހަކަތައް ފެތުރުމާއި، އަނެކުންގެ ކުށް ހޯދުން ކަމުގައި ވަނީނަމަ، ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަށް އެ ދައްކައިދެވެނީ ވަރަށް ހުތުރު ނަމޫނާއެއް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ﷲ ގެ އަމުރުފުޅުތަކަށް ފުރަގަސްދީ، އިސްލާމް ދީނަށް ފުރައްސާރަކޮށް، މަލާމާތް ކުރާ މީހުންނާއި، އިސްލާމީ ޝަރީއަތް ގާއިމުކުރުމުގެ ނަމުގައި، އަިއްލަ އަމިއްލައަށް ނިޔާ ކަނޑައަޅައި އަނިޔާކޮށް މީހުން ޤަތުލު ކުރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގާ މީހުންނާއި، މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ފިލާވަޅެއްގެ ގޮތުގައި އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގައި އައިސްފައިވަނީ އެގައުމުތަކަށް ކުރިމަތިވި ޙާދިސާތަކުން އަހަރުމެން އިބުރަތް ލިބިގަތުމަށް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބަޔާން ކޮށްފައިވެއެވެ.

އަދި ބައެއް ފަރާތްތަކުން އެކިއެކި ކުށްކުރާ މީހުންނަށް އަނިޔާކުރާ މަންޒަރު މަދުންނަމަވެސް މުޖުތަމަޢުން ފެންނަކަމަކީ ހިތާމަހުރި ކަމެއް ކަމަށާއި، ކުށްކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމާއި، އަދަބުދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް ކަމަށާއި، އެކަން ތަންފީޒު ކުރާނީ އެކަންކަމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުން ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ