logoEN
ކޮކާކޯލާ
ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅަން ލަންކާގެ ކުންފުންޏަކަށް

ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅަން ލަންކާގެ ކުންފުންޏަކަށް

# ގދ.ތިނަދޫ# ހައުސިންގ ޔުނިޓް

flat

ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކުރުމަށް ތައްޔާރުވެއްޖެ އެވެ.

އަބުޅޯ

ތިނަދޫގައި 200 ހައުސިންގ ޔުނިޓް އަޅާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ މިއަހަރު އޭޕްރިލް މަހު 28ވަނަ ދުވަހުގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް އެއިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ދައުރު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބީލަމުގެ މަރުހަލާ ނިމި، މި މަސައްކަތް އެވޯޑުކުރުމަށް ނިންމާފައިވަނީ ލަންކާގެ ސިއޭރާ ކޮންސްޓްރަކްޝަނާއި ސްޓާ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސްގެ ޖޮއިންޓް ވެންޗާ (ޖޭވީ) އަކަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 253.9 މިލިއަން ރުފިޔާގެ އަގަކަށެވެ.

ލަންކާ ކުންފުންޏަކަށް މި މަސައްކަތް ހަވާލުކުރަން ނިންމާފައިވާއިރު، މި މަސައްކަތަށް ގާބިލު އަދި ތަޖުރިބާހުރި ދިވެހި ކުންފުނިތައް ވެސް ކުރިމަތިލާފައި ހުރިކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ ކުންފުނިތަކުން ބީލަމުގައި ހުށަހެޅި އަގުތައް ވާދަވެރިކޮށް ހުރިއިރު، ބައެއް ކުންފުނިތަކުން އެއަށް ވުރެ ދަށް އަގުތައް ވެސް ހުށަހަޅާފައި ހުރިކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ