logoEN
ޕީއެންސީ 2
މުދަލާއި އަނބިދަރިންނަނީ ދުނިޔެމަތީގައި ދެއްވާ އިމްތިޚާނެކެވެ!

މުދަލާއި އަނބިދަރިންނަނީ ދުނިޔެމަތީގައި ދެއްވާ އިމްތިޚާނެކެވެ!

އައިޝަތު އިފާޝާ

logo

8/26/2022, 1:15:32 PM

1625819703mosque4

ދުނިޔޭގައި މާތް ﷲ ދެއްވާ މުދަލާއި، އަނބި ދަރިންނަކީ އަޅުތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައި ހުށަހެޅޭ އިމްތިހާނެއް ކަމަށާއި، އެބައިމީހުންގެ އީމާންކަން ވަޒަން ކުރެއްވުމަށްޓަކައި ލައްވާފައިވާ އަޖުމަބެލުމެއް ކަމަށް މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

ޝަރީ 2024

މާތް ﷲ އިންސާނާއަށް ދުނިޔެ ދެއްވާފައިވަނީ އިމްތިޚާނަކަށްޓަކައެވެ. އެގޮތުން މުއްސަދިންނާއި، ފަގީރުންނާއި މޮޅާއި ދެރަ ލައްވާފައިވަނީ އެބައިމީހުން ކުރާ ހެޔޮ އަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިހާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢަޒީޒުވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

ދުނިޔޭގެ އުފަލާއި އަރާމަކީ ހިނދުކޮޅެއްގެ ކަމެއް ކަމާއި، ނިމުމެއް ނުވާ ނިޢުމަތްތައް ހުރީ އާޚިރަތުގައެވެ. ހަގީގީ ބާއްޖަވެރިކަން ވަނީ އުޚްރަވީ ހަޔާތުގައެވެ. މި ބާއްޖަވެރިކަން ހާސިލުވާނީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި ނުޖެހި، ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ މީހުންނަށެވެ. އުމުރުގެ ދުވަސްތައް ހެޔޮ އަމަލު ކުރުމުގައި ހޭދަކުރާ މީހުންނަށެވެ. ފާފަތަކާ ދުރުހެލިވެ، ތައުބާވުން މަތީގައި ދެމިތިބޭ މީހުންނަށެވެ. ފުރިހަމަ ގޮތުގައި، ދުނިޔަވީ ހަޔާތުގެ ބޭނުން ހިފައި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް އަވަސްވެގަތުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައްވާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ