logoEN
cocacola
ދިވެހިރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ވެއްޖެ - ރައީސް ޔާމީން

ދިވެހިރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ވެއްޖެ - ރައީސް ޔާމީން

އަލްފާ އަލީ

logo

8/19/2022, 10:41:16 PM

# ރައީސް ޔާމީން# އިދިކޮޅު ކޯލިޝަން

Faig282aQAEUvlv

ދިވެހި ރާއްޖެ ކޮރަޕްޝަންގެ ހާއްޔަކަށް ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު އަދި އެކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް "ހަވާލޭ ވަތަން" ނަމުގައި އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން އެކި އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް އުފެދިގެން ދާކަމަށެވެ. އަދި ކޮރަޕްޝަންގެ ގާނޫނުގައި ނުވަތަ އާއްމު އިންތިހާބުތަކުގެ ގާނޫނުތަކުގައި ބުނާ ގޮތުންނަމަ އާއްމުވެގެންވާ ފައިދާއެއް ދެވިދާނެ ކަމަށާއި، އޭގެ ތެރޭގައި ވަކިވަކި ފަރުދުންނަށް ކަނޑައިޅައިގެން (އިންތިހާބުތަކާ ދިމާކޮށް) ދޭ ވަޒީފާތައް ނުދެވޭނެ ކަމަށެވެ.

އެކަމަކީ ވަކިވަކި ފަރުދުންނަށް ދޭ ނަގުދު ފައިސާގެ ހަދިޔާކަމަށްވެސް ރައީސް ޔާމީން ވަނީ ސިފަކުރައްވާފައެވެ.

"ރާއްޖޭގައި ކޮރަޕްޝަން ބެލޭނެ އެއްވެސް މުއައްސަސާއެއް ހުރިކަމަކަށް ނުވޭ. ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު ޖުމްލަ ގޮތެއްގައި ދަންނަވާލަން ޖެހޭނީ ކޮރަޕްޝަންގެ ހާއްޔަކަށް ދިވެހި ރާއްޖެ ބަދަލުވެއްޖެކަން." ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދުނިޔޭގެ 181 ގައުމު ހިމެނޭ ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެ އުޅެނީ ފުލުން 4ވަނަ އިންސައްތައިގަ ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ