logoEN
cocacola
ސެމްސަންގްގެ އާ ފޯލްޑަބަލް ގެލެކްސީ ޒީ ފޯނުތައް

ސެމްސަންގްގެ އާ ފޯލްޑަބަލް ގެލެކްސީ ޒީ ފޯނުތައް

އަލްފާ އަލީ

logo

8/17/2022, 11:35:53 AM

# ސެމްސަންގް

samsung phone

މިދިޔަ ހަފުތާގައި ބޭއްވި ގެލެކްސީ އަންޕެކިން އިވެންޓުގައި ސެމްސަންގުން ގެލެކްސީ ޒީ ފޯލްޑް 4 އަދި ގެލެކްސީ ޒީ ފްލިޕް 4 ލޯންޗުކޮއްފިއެވެ. މި ފޯލްޑިން ފޯނުތަކަކީ ސެމްސަންގް ގެ ކަސްޓަމަރުންނާއި، ޕާޓްނަރުންނާއި، ސްމާޓްފޯން ކޮމިއުނިޓީގެ ފުޅާ ދާއިރާއެއްގައި އޮންނަ ގުޅުމަށް މުހިންމު ފޯނުތަކަން އެކުންފުނިން ބުނެެެއެވެ.

ގޮސިޔާ

ގިނަ އަހަރުތަކެއް ވަންދެން ސެމްސަންގް އިން މި ޕްރޮޑަކްޓް ލޯންޗިންގް އިވެންޓް ބޭނުންކުރީ އަހަރުގެ ފަހު ބައިގައި ގެލެކްސީ ނޯޓް އާންމުންނަށް ދައްކާލުމަށެވެ. އެގޮތުން އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ނޯޓްގެ މިފޯނު އެޕަލްގެ އައިފޯނަށް ސީދާ ވާދަވެރިކަން ދައްވެ މާކެޓަށް ނެރެމުންދިޔަ އައިފޯނުތަކާ ކުރިން ކުރަމުން އައި ޗެލެންޖު ނެތިގެންދިޔައެވެ.

undefined

އެހެންވެ ގެލެކްސީ ޒީ ފޯލްޑް 4 އަދި ގެލެކްސީ ޒީ ފްލިޕް 4 ލޯންޗް ކުރުމަށް އޮގަސްޓް ސްޕޮޓް ބޭނުން ކުރުމަކީ ޢަމުން ޝަައުގުވެރި ކުރުވަނިވިކަމަކަށެވެ. ޖުމްލަ ސޭލްސް އަދިވެސް މެއިންސްޓްރީމް ރެގިއުލާ 'ސޮލިޑް' ސްމާޓްފޯނުތަކަށް ވުރެ ދަށްކަމުގައި ވިއަސް މިކުންފުނިން އެކަންދެކެނީ ކާމިޔާބީއެއްގެ ގޮތުގައެވެ.

ގެލެކްސީ ޒީ ފޯލްޑް 4 އަކީ އޭގެ ކުރީގެ ފޯނުތަކާ މާ ތަފާތު އެއްޗެއް ނޫނެވެ. އޭގެ ފޯލްޑް ސްޓޭޓުގައި، މިއީ "ނޯމަލް" ސްމާޓްފޯނެއް ކަހަލަ އެއްޗެކެވެ. ފޮތެއް ފަދައިން، އޭގެ އަޑީގައި ހުރި ބޮޑު ފޯލްޑަބަލް ޑިސްޕްލޭ ހާމަވެއެވެ. އޭގެ ބޭރު ޑިސްޕްލޭއިން ސްމާޓްފޯން އެކްސްޕީރިއަންސެއް ލިބޭއިރު، އޭގެ އެތެރޭގެ ޑިސްޕްލޭއިން އިތުރު ޖާގަ ބޭނުންވެއްޖެ ހިނދެއްގައި ޓެބްލެޓް ފަދަ ތަޖުރިބާއެއް ލިބުމުގެ ފުރުސަތު ލިބިގެންދެއެވެ. އެގޮތުން ޑިޒައިންގައި ވަނީ ސްކްރީން ސްޕޭސް ބޮޑުކޮށް ޑިއުރެބިލިޓީ އިތުރުކޮށް ޒީނަތްތެރި ފޯނަކަށް ހެދުމަށް އެކުންފުނީގެ ޑިވެލޮޕަރުން މަސައްކަތް ކޮއްފައިވެއެވެ.

undefined

އެންމެ ރަނގަޅު ހާޑްވެއާތައް ލިބެން ހުރުމުގެ އިތުރުން ގެލެކްސީ ޒީ ފޯލްޑް 4 ގައި ވެސް އެންމެ ރަނގަޅު ސޮފްޓްވެއާ ސަޕޯޓުވެސް ލިބިގެންދާނެއެވެ. ސެމްސަންގް އިން ހަތަރު އެންޑްރޮއިޑް އަޕްގްރޭޑް އަދި ފަސް އަހަރުގެ ސެކިއުރިޓީ ޕެޗް ޑެލިވަރީ ކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ. މިއީ ދިގު މުއްދަތުގެ ރަނގަޅު އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށް ސެމްސަންގް އިން ވަނީ ބުނެފައެވެ.

ގެލެކްސީ ޒީ ފޯލްޑް 4 މި މޮޑެލްއަށް 1799 ޑޮލަރަށް ފެށެނީ 12 ޖީބީގެ ރެމް އަކާއި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖަކާ އެކުއެވެ. މީގެ އިތުރުން 512 ޖީބީ އާއި 1ޓީބީގެ މޮޑެލްތައް ވެސް ހުރިއިރު، މި ދެ މޮޑެލްގައި ވެސް އެއް 12 ޖީބީގެ ރެމްއެކުލެވިގެންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ