logoEN
ޕީއެންސީ 2
މާލޭގައި ޒުވާން އަންހެނަކު ރޭޕުކޮށްފި

މާލޭގައި ޒުވާން އަންހެނަކު ރޭޕުކޮށްފި

އަހުމަދު ޝުރާއު

logo

8/9/2022, 10:04:01 PM

# ރޭޕް# މާލެ

DDD49B1E-EEA9-42D5-8867-753FD2EAAA02

ވެރިކަން ކުރާ މާލެ ސިޓީގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޝަރީ 2024

ޓުވިޓާގައި މިއަދު އަންހެނަކު ވަނީ ކަންތައް ދިމާވި ގޮތް ވަރަށް ތަފްސީލްކޮށް ލިޔެފައެވެ. އެގޮތުން މިކަން ހިނގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.

8 ވަރަކަށް މީހުންނާއި އެކީ "ގެޓްޓުގެދާ" އަކަށް ގޮސް ހުއްޓާ އަންހެން މީހާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކު ގެއަށް ލާން ދިޔަ އެވަގުތު ރޭޕް ކުރި ފިރިހެން މީހާ އަންހެން މީހާ ފައިގަ ހިފާ ސޯފާ މައްޗަށް އެއްލާލައި ގަދަކަމުން ލައިގެން ހުރި އެއްޗެސް ބާލުވާލައި ރޭޕް ކުރި ކަމަށް އަންހެން މީހާ ވަނީ ޓުވިޓާގައި ބުނެފައެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވީ، މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގެ މިމަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުން އަންނަ ކަމަށެވެ.

އެކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ