logoEN
ޕީއެންސީ 2
ތިނަދޫ އާއި ވިލިނގިލިން ވެސް ސާމްޕަލް ނަގަނީ

ތިނަދޫ އާއި ވިލިނގިލިން ވެސް ސާމްޕަލް ނަގަނީ

އަޙްމަދު ޖަމީލު

logo

1/11/2021, 4:05:32 PM

covid sample

ގއ. ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ގދ. ތިނަދޫ އާއި ގއ. ވިލިނގިލިން ވެސް ސާމްޕަލް ނަގަން ފަށައިފިއެވެ.

ޝަރީ 2024

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އާންމުކޮށް އެރަށުން މީހުން ދަތުރުކުރާ ރަށްތަކުގައިވެސް ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާރަފީގު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އިއްޔެއިން ފެށިގެން ގދ.ތިނަދޫ ގެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބައެއް ސްކޫލްތަކުންނާއި ފިހާރަ އަދި މަގުމަތިން ވަނީ ރެންޑޮމް ސާމްޕަލް ނަގާފައެވެ.

އެޗްއީއޯސީ އިން މައުލޫމާތުދޭ ގޮތުގައި ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގުޅޭ ކްލަސްޓާ އިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 22 އަށް އަރައިފައެވެ. އަދި އެރަށުން ފައްސިވިމީހުން ކޮންޓެކްޓްވި 149 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި ފޮނަދޫން 56 ފަރާތެއް ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއީއޯސީ އިން މައުލޫމާތު ދެއްވައެވެ.

މިހާތަނަށް ފޮނަދޫން ޓެސްޓް ކުރި މީހުންގެ ތެރެއިން 14 މީހެއްގެ ނަތީޖާ ލިބިފައި ވާއިރު އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ