logoEN
ޕީއެންސީ 2
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

އަލްފާ އަލީ

logo

7/17/2022, 11:30:21 PM

# އެމްއެންޑީއެފް# ފެންބޮޑުވުން# މާލެ

0-02-03-ec7ab7011dfca1ce8ed0898b5e0d7751704722e03ad29febe17fe81ff043e5a3_26cc187ac55

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

ޝަރީ 2024

އެމްއެންޑީއެފުން ވިދާޅުވީ މިއަދު ހަވީރު 17:30 އިން ފެށިގެން ބޮޑުތަކުރުފާނުމަގު، ދުވާ ޓްރެކް ސަރަޙައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހު ރާއްޖޭގެ އުތުރާއި މެދު ތެރެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރާނީ އަންނަ ހަފްތާގެ ހުކުރު ދުވަހުން ފެށިގެންނެވެ.

މެޓް އޮފީހުން ބުނާ ގޮތުގައި މޫސުން ގޯސްވެފައި ވަނީ އީކުއޭޓާގެ ހުޅަނގު ދެކުނުގައި ސާކިއުލޭޝަނެއް އުފެދި ހުޅަނގާއި ހުޅަނގު ދެކުނު އަތޮޅުތަކާ ދިމާލަށް ވިލާތައް ކައިރިވަމުންދާތީ އެވެ. އޭގެ ސަބަބުން ވާރޭވެހުމުގެ ކުރިން އަންނަ ވިލާގަނޑުގައި ވަރަށް ވައިބާރުވާނެ ކަމަށް މެޓުން ބުންޏެވެ.

މިވަގުތު ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ