logoEN
ޕީއެންސީ 2
ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފި

އަލްފާ އަލީ

logo

6/15/2022, 1:05:40 PM

# ފުލުހުން# އެމްޓީސީސީ# ޝީޝާ# އެލައިޑް އިންޝުއަރެންސް

01_cd00ea9bac

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑް އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޝަރީ 2024

މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ހުޝާމްއެވެ. އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގުޅިގެން ދެވޭ ޚިދުމަތެއް ކަމާ އަދި މިހާތަނަށްވެސް މަސައްކަތްކޮށްފައިވާނީ ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މީގެކުރިން ޓްރެފިކް ފުލުހުން މަގުމަތިން ހުއްޓުވި ކޮންމެ ތިން ސައިކަލަކުން އެއް ސައިކަލަކީ ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގައި ސައިކަލު ދުއްވާއިރު ގަވާއިދާ އެއްގޮތަށް ދުއްވުމަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ގަވާއިދާ ހިލާފަށް މަގުމަތީގައި ސައިކަލު ދުއްވުމުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަށް ނޫންކަމަށާއި ގަވާއިދާ އެއްގޮތަށް ދުއްވާ މީހާއަށްވެސް އެކަމުގެ ގެއްލުންވާ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް ފުލުހުންގެ ޚިދުމަތުން ސަމާލުކަންދޭނެކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް ރޯޑް ސޭފްޓީ ހިމަނައި، މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ރައްކާގެ ޕްރޮގްރާމްތައް ހުޅުވާލާނެ ކަމަށާއި އެކްސިޑެންޓްތައް ސުމަކަށް ހެދުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވިއެވެ.

undefined

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގައި، ގަވާއިދުތަކާ އެއްގޮތަށް ގިނަ މީހުން މަގުމަތި ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މަދުން ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް ގިނަމީހުން ސަމާލުކަން ނުދޭކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މަގުތަކުގައި ގިނަ އަދަދެއްގެ ބަސް ދުއްވާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި މަގުތަކުގައި ބަސް ދުއްވާ ވަގުތުތަކުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށާއި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭނަމަ މަގުތައް ބްލޮކްވެ އެތައް ބައެއްގެ އަގުހުރި ވަގުތުތަކެއް ގެއްލިގެންދާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުން ހޭލުންތެރިކުރުމަށް ރައްކާގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި މިހާރުވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބޭކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާުކުރެއްވިއެވެ.

undefined

ޝީޝާގެ ސީއީއޯ އިބްރާހީމް ހުޝާމް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހޯދަން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރައްކާގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ހިންގާ މިފަދަ ޕްރޮގްރާމުތަކުގައި އެއްބާރުލުން ދިނުމަށް ޝީޝާއިން އަބަދުވެސް ތައްޔާރަށް ތިބޭނެކަމުގައި ވިދާޅުވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި ތިމާގެ އަމިއްލަ ރައްކާތެރިކަމަށްޓަކައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރެވިދާނެ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި ވިދާޅުވީ ސައިކަލު ދުއްވާއިރު ސައިކަލުގެ ހެޑްލައިޓް ދިއްލާފައި ބެހެއްޓުމަކީ މުހިންމުކަމެއް ކަމުގައެވެ. އެއީ ކޮންމެ ވަގުތެއްގައި ނަމަވެސް މަގުމަތީގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

undefined

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާން ދެއްކެވި ވާހަކަފުޅުގައި، ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމްގައި އެލައިޑުން ފާއިތު ހަ އަހަރު ދުވަހު މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެ މީހަކުވެސް ކަށަވަރު ކުރަންޖެހޭކަމަށާއި، އެއީ ފުރާނަޔާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ބަލަންވާވަރަށް ނުބަލައި މަގުމަތީގައި ދުއްވުމުގެ ސަބަބުން ފޫނުބެއްވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އެންމެން ރައްކާތެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ފުލުހުންނާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ރޯޑް ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން، އެމްޓީސީސީ، ޝީޝާ، އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސް މުވައްޒަފުންނާ އަދި ރޯޑް ޕޮލިސްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ