ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއް ނޫން – ޑރ ޝަހީމް

އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ގައުމުތަކުގެ ނަޒަރިއްޔާތަކެއް ބޭނުމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަރުކަށި ފިކުރު ނައްތާލުމަށް ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާއަތްތަކުން ފަންޑުކުރަނީ މުސްލިމް ޒުވާނުން ދީނާއި ދުރުކުރަން ކަމަށާއި، އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއް ނޫން ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށް ކަމަށާއި، ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެފަދަ މައްސަލަތައް ހައްލުކޮށްފައިވަނީ އިސްލާމީ މަންހަޖުގެ ތެރެއިން ކަމަށްވެސް ޑރ ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެ ފަދަ މައްސަލަތައް ޙައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން. އޭގެ ތެރޭގައި ހިމަންދޫ އާއި މާލޭ ގައި ވަކިން ޖަމާޢަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަކަންކަން ނިމުމަކަށް ގެނެވުނު." ޑރ ޝަހީމް

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ، ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުންދާ ހަފްތާރެސް ޕްރޮގްރާމްގައި ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ ވޯރކްޝޮޕްގައި ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށި ފިކުރުކަމެއް ކަމަށްބުނެފައިވާތީ އެކަމާ ގިނަ ބަޔަކު ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް