logoEN
ކޮކާކޯލާ
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

Admin

logo

1/3/2021, 12:32:33 PM

# ފަރެސްމާތޮޑާ

big_uazWoHX6Rn0TLnSYqyXsXBIOD

ހުވަދު އަތޮޅުގައި ތަރައްޤީކުރާ ހަތަރުވަނަ އެއާޕޯޓް ، ގދ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަބުޅޯ

އެމްޓީސީސީއާއި ހަވާލުކޮށްގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ މި އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް އިއްޔެމޮބިލައިޒްކޮށްފައިވާ ކަމަށް އެކުންފުނިން މިވަނީ ބުނެފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ވެހިކަލްތައް މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ އެއާޕޯޓް ހެދުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ. 144.8 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިންގ މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

undefined

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1،200 މީޓަރުގެ ރަންވޭއެއް ހެދުމަށާއި ޓާމިނަލް ބިލްޑިން ހެދުން އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުމަށެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެއާޕޯޓަށް ބޭނުންވާ 19.8 ހެކްޓަރުގެ ސަރަހައްދެއް އެރަށުގެ ފަޅުތެރެއިން ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާއާ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ވެގެންދާނީ ހުވަދު އަތޮޅުގައި ތަރައްޤީ ކުރެވޭ ހަތަރުވަނަ އެއާޕޯޓަށެވެ. މިވަގުތު ހުވަދު އަތޮޅުގެ 3 އެއާޕޯޓެއް އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ގދ ކާނޑެއްދޫ ، ގދ މާވަރުލު އަދި ގއ ކޫއްޑޫ އެއާޕޯޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ