logoEN
ކޮކާކޯލާ
އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ދެއްވަދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް އަލުން ހުޅުވާލައިފި

އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ދެއްވަދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް އަލުން ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

5/31/2022, 8:13:22 PM

# ގއ.ދެއްވަދޫ

Dhevvadhoo-3

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާގައި ބޭނުންކުރުމަށް ލޯގޯ އެއް ފަރުމާކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފި އެވެ.

އަބުޅޯ

ދިވެހި ސަރުކާރުގެ ގެޒެޓުގައި ދެއްވަދޫ ކައުންސިލުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލްގެ ލޯގޯ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯގޯގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މީގެ ކުރިން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދެވޭ ތަރުހީބެއް ލިބިފައިނުވުމުން އައލުން އެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން8 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11.00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.

ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ދެއްވަދޫ ކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް 5000/- (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށްވެސް ވަނީ ނިންމާފައި އެވެ. އަދި ކައުންސިލްގެ ރަސްމީ ލޯގޯއެއްގެ ގޮތުގައި ފާސްކުރާނީ އެއްވަނައަށް ދާ ލޯގޯއެވެ. މީގެ އިތުރުން ކައުންސިލްގެ ދިދައިގެ ގޮތުގައިވެސް އެއްވަނައަށްދާ ލޯގޯ ބޭނުންކުރުމަށް ދެއްވަދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން މި ލޯގޯ ފަރުމާ ކުރަން ޖެހެނީ ރަތް، ނޫ އަދި ގޯލްޑް ކުލަ ބޭނުންކޮށްގެންނެވެ. ހުށަހަޅާ ލޯގޯގައި އަތޮޅުގެ މަސައްކަތްތެރިކަމާއި ތާރީޙާއި ޘަގާފަތް ރަމްޒުކޮށްދޭންވާނެ ކަމަށް އެކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަންބަރު އަދި ހުށަހަޅާ ލޯގޯ ކޮންސެޕްޓް އަދި އެހެނިހެން ފައިލްތައް ހިމެނޭ ޕްރޮޕޯސަލް (PDF)

ލޯގޯ (PNG)

ލޯގޯގެ ކޮރަލްޑްރޯ ނުވަތަ ފޮޓޯޝޮޕް ފައިލް

ލެޓަރހެޑް ޑިޒައިން ލޯގޯ ބޭނުންކޮށްގެން

ބިޒްނަސް ކާޑު ލޯގޯ ބޭނުންކޮށްގެން

އޮފިޝަލް ފާސް ލޯގޯ ބޭނުންކޮށްގެން

ލެޓަރހެޑް ފިޔަވައި އެހެން ފައިލްތަކުގެ ސޮފްޓްކޮޕީ ހުށަހަޅަން ޖެހޭނީ ކޮރަލް X15 ނުވަތަ ފޮޓޯޝޮޕް CS5 އަށް ވުރެ ފަހުގެ ވާރޝަންގައި އިމޭޖް ލޭޔަރސް ވަކިވަކިން ހުންނަ ގޮތަށް ކަމަށްވެސް ކައުންސިލުގެ އިއުލާނުގައި ވެއެވެ. ލެޓަރހެޑް ހުށަހަޅަން ޖެހެނީ މައިކްރޯސޮފްޓް ވޯޑް 2010 ކޮމްޕެޓަބަލް ކޮށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ [email protected] އަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ