logoEN
ކޮކާކޯލާ
ގއ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ގއ. އަތޮޅު ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ޙުސައިން އާހިލް

logo

5/26/2022, 8:23:29 PM

# ގއ.އަތޮޅު ކައުންސިލް

252187896_6302290219812145_2533674737269778011_n (1)

ގއ. އަތޮޅު ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އަބުޅޯ

ގއ. އަތޮޅު ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ލޯގޯ ހެދުމަށް ފުރަތަމަ ކުރެވުނު އިއުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށައަޅާފައިނުވާތީ އެމަސައްކަތަށް ބިޑު ކުރަން އަލުން ހުޅުވާލާ ކަމަށެވެ.

އެ ކައުންސިލުން ބުނީ، އެކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 01 ޖޫން 2022ވާ ބުދަ ދުވަހުގެ 13.00ގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. ރަޖިސްޓްރީވުމަށްޓަކައި ޖެހޭނީ، ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީއާއި .ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސްގެ އިތުރުން ގުޅޭނެ މޯބައިލް ނަމްބަރެއް ޖެއްސެވުމަށްފަހު އެ އިދާރާގެ ޕްރޮކިއުމަންޓް މެއިލް [email protected] އަށް މެއިލް ކުރުމަށެވެ.

އެ އިދާރާއިން ބުނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ލޯގޯ ހެދުމާ ގުޅޭ މަޢުލޫމާތު ދެވޭނެ ކަމަށެވެ. އަދި މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 04 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00ގައި ގއ. އަތޮޅުކައުންސިލް އިދާރާގައި ކަމަށާއި ލޯގޯ ފަރުމާކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 12 ޖޫން 2022ވާ ހޯމަ ދުވަހުގެ 13.00 އަށް ހުށައެޅުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މި އިއުލާނާ ގުޅިގެން ހުށައަޅާ ބިޑްތައް ހުށައަޅަންވާނީ ކަނޑައެޅިފައިވާ ގަޑީގައި އެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވެ. އޮންލައިންކޮށް ހުށައަޅާ ބިޑްތައް ބަލައިނުގަންނާނެ އެވެ.

މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ