logoEN
ޕީއެންސީ 2
ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ބަދަލު ކުރާ މައްސަލަ މަޖިލީހަށް

ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ބަދަލު ކުރާ މައްސަލަ މަޖިލީހަށް

އަލްފާ އަލީ

logo

5/17/2022, 6:35:22 PM

# ޕީޕީއެމް# އިދިކޮޅު ޕީޕީއެމް/ޕީއެންސީ# ރައްޔިތުންގެ މަޖިލިސް

img_md_202004220155391587545739.8477

އާއްމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ބަދަލު ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝަރީ 2024

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައިވަނީ، ނޭނގި ޕާޓީ ބަދަލުވުން ފަދަ ކަންކަމަކީ، މަލްޓި ޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެ އާންމު ރައްޔިތުންނަށް ގިނަގުނަ ސިޔާސީ އަދި އިޖުތިމާއީ މައްސަލަ ކުރިމަތިވާނެ ކަމެއް ކަމެއް ކަމަށެވެ.

ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައިވަނީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުކުރުން ފަދަ ކަންކަން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ނޭނގި ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއިން ޕާޓީތަކަށް ލިބޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ