logoEN
cocacola
ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ސައުދުﷲ ހިލްމީ އަށް

ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ސައުދުﷲ ހިލްމީ އަށް

04C61649-B084-4B30-BAA7-165EDD5355CA

އިޖްތިމާއީ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އެވޯޑް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީއަށް ލިބިއްޖެއެވެ.

ގޮސިޔާ

މިރޭ ކުރިއަށްދާ ދައުލަތުން އިނާމުތަށް ދިނުމަށާއި އެކު އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ސަޢުދުއަށް އެ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙްއެވެ.

ސައުދުﷲ އަށް ލިބިފައިވަނީ އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ސައުދުﷲ އަކީ އަބަދުވެސް އެކި ގޮތްގޮތުން އަބަދުވެސް މުޖްތަމައުއަށާއި ރަށަށް ފައިދާހުރި އެތަކެއް ކަމެއް ކުރުމުގެ މުގުލުގައި ހުރި މީހެކެވެ. މީގެ އިތުރުން ސަޢުދުﷲ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ގދ.ތިނަދޫ އުތުރު ދާއިރާވެސް ތަމްސީލް ކޮށްދީފައެވެ.

މިރޭގެ ޖަލްސާގައި ގައުމީ އިނާމް 14 ބޭފުޅަކަށް ލިބިވަޑައިގެންނެވިއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމް 24 ބޭފުޅަކަށް އަދި ހާއްސަ އިނާމު 2 ބޭފުޅަކަށް ލިބިވަޑައިގަތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ