logoEN
ކޮކާކޯލާ
ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ތިނަދޫއަށް!

ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ތިނަދޫއަށް!

އަހުމަދު ޝުރާއު

logo

12/23/2020, 1:56:23 PM

Corp-Feature-Photo-2020-12-23T121833.123

ވިމެން އިން ޓެކް މޯލްޑިވްސް އިން ދިރާގާއި ގުޅިގެން އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ދެވަނަ ޕްރޮގްރާމް ގދ ތިނަދޫގައި ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.

އަބުޅޯ

"ގާލްސް ޓު ކޯޑް- ތިނަދޫ" ގެ ނަމުގައި ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 ގައެވެ. މިކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެމަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމް މިފަހަރު ޚާއްސަ ކުރެވޭޭނީ ގދ ތިނަދޫގެ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. މި ޕްރޮގްރާމަކީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކުރުމުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ. މި ޕްރޮގްރާމުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހަމަވާނީ ޑިސެމްބަރ 25 ވަނަ ދުވަހު އެވެ.

ގަރލްސް ޓު ކޯޑުގެ ފުރަތަމަ ޕްރޮގްރާމް 2019 ވަނަ އަހަރު ކުރިޔަށް ގެންދިޔައީ ފުވައްމުލަކުގައެވެ. ގދ. ތިނަދޫއިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSdwQoWyCVt_7E8KN90yhnBRG_0E4utYF87j9-jtj90wdxdLSg/viewform

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ