logoEN
ކޮކާކޯލާ
ވިލިނގިލީގައި ލައިސަންސް ޓްރެކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ވިލިނގިލީގައި ލައިސަންސް ޓްރެކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

އަހުމަދު މާހު

logo

2/26/2022, 5:58:16 PM

# ގއ.އަތޮޅު ކައުންސިލް# ގއ ވިލިނިގިލި

274737955_317846170367211_5657143494112628525_n

ގއ ވިލިނގިލީގައި ލައިސަންސް ޓްރެކެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އަބުޅޯ

ގއ. އަތޮޅުކައުންސިލުން، ގއ ވިލިނގިލީގައި އެޅުމަށް ނިންމާފައިވާ ލައިސަންސް ޓްރެކް އެޅުމަށް ހަވާލުކޮށްފައިވަނީ، ހެކްސާ ކުންފުންޏާ އެވެ. އެގޮތުން އަތޮޅު ކައުންސިލުން ވަނީ މި މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު ސޮއިކޮށްފައެވެ.

ވިލިނިގިލީގައި ލައިސަންސް ޓްރެކެއް އެޅުމަށް އަތޮޅު ކައުންސިލުން އިއުލާނުކުރީ 2022 ޖެނުއަރީ 3 ވަނަ ދުވަހުގައެވެ. ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ބިޑު ކާމިޔާބުކުރީ ހެކްސާ ކުންފުނިންނެވެ.

ވިލިނގިލީގައި އަޅަން ނިންމާފައިވަނީ، އޭ ކެޓެގެރީގެ ލައިސަންސް ޓްރެކެކެވެ.

އެއްގަމު އުޅަނދުތަކުގެ ލައިސަންސް ނެގުމުގެ ގަވާއިދަށް އައި ބަދަލާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ލައިސަންސް ނަގަން އެދެމުންނެވެ. ނަމަވެސް ލައިސަންސް ނެގުމަށްޓަކައި ދުއްވުމުގެ އިމްތިހާނު ބޭއްވުމަށް ޚާއްސަ ޓްރެކެއް ނެތުމަކީ ވިލިނގިއްޔަށް ވެސް ދިމާވެފައިވާ ވަރަށް ބޮޑު ދަތިކަމެކެވެ. އަތޮޅު ކައުންސިލުން ވަނީ މިކަމަށް ހައްލު ހޯދުމަށް ޓްރެކް އެޅުމަށް މިއަދު ބަޔާކާ ހަވާލުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ