logoEN
ޕީއެންސީ 2
ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ދައްކައިފި

ނޫމަރާ ފަރަށް އެރި ބާޖުން ޖޫރިމަނާގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ދައްކައިފި

# ޖޫރިމަނާ# އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ# ށ. ނޫމަރާ

file_rbtpx0

ދެހާސް ނަވާރަ ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި ބާޖުން، އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ޖޫރިމަނާގެ ގޮތުގައި 4 މިލިއަން ޑޮލަރު ދައްކައިފިއެވެ.

ޝަރީ 2024

އީޕީއޭއިން ބުނީ ބާޖު އުރުމުގެ ސަބަބުން ނޫމަރާ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ވަޒަންކޮށް، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ބާޖުގެ ވެރިފަރާތް 4,015,710.70 ޑޮލަރު ނުވަތަ 61،922،259 ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި ކަމަށެވެ. އެ ބާޖުގެ ރާއްޖޭގެ އެޖެންޓަކީ ރޮހޮފް ޕްރައިވެޓް ލިމިޓެޑެވެ.

ނޫމަރާ ފަރަށް "މެރިން ޕަވާ-2317" ނަމަކަށް ކިޔާ ބާޖެއް އެރީ އޮކްޓޯބަރު 26، 2019 ގައެވެ.

ނޫމަރާ ބަނދަރު ހަދަން ގެނައި އެ ބާޖް ފަރު މައްޗަށް އުރިފައި އޮންނަތާ ދެ އަހަރު ދުވަސްވި ފަހުން ފުންކޮށް، އަދި އަޑިއަށް ގޮސްފައިވާ ބައިތައް ނަގައި ސަރަހައްދު ސާފުކޮށް ނިންމީ މިދިޔަ ނޮވެންބަރު މަހެވެ. އެރަށަކީ ގާމަތި ރަށަކަށް ވުމާއެކު، ބާޖު އުރުނު ސަރަހައްދަކީ އާންމު ގޮތެއްގައި ވެސް އާދަޔާ ހިލާފަށް އޮއެ ގަދަ ސަރަހައްދެކެވެ. ބާޖު އުރުމުގެ ސަބަބުން ނޫމަރާގެ ފަރުގެ 1،632 އަކަމީޓަރުގެ ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އީޕީއޭއިން ކުރިން ބުނެފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ