logoEN
cocacola
މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލި" ވާހަކަ އަކީ ދޮގެއް : ގާސިމް

މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކައްވާލި" ވާހަކަ އަކީ ދޮގެއް : ގާސިމް

އަޙްމަދު ޖަމީލު

logo

12/14/2020, 10:09:46 AM

# މުޙައްމަދު މުސްޠަފާ# ޤާސިމް އިބްރާހީމް

1499891991

ޖަޕާން މީހެއްގެ އަތުން 15 މިލިއަން ޑޮލަރު އަތުލައިގަނެފައިވާކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ކުރާ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދޮގުކުރައްވައިފިއެވެ.

ގޮސިޔާ

މުސްޠަފާ އިއްޔެ ވިދާޅުވެފައިވަނީ ޤާސިމް އިބްރާހީމް، ޖަޕާނު މީހެއް އިނދަ ޖައްސާލާފައިވާކަމަސާއި، 15 މިލިއަން ޑޮލަރު އޭނާގެ އަތުން "ކައްވާލާފައި" ވާކަމަށެވެ. އަދި ސަރުކާރުގެ ކޯލިޝަނެއް ކިޔައިގެން އުޅުއްވަނީ ވައްކަން ކުރައްވަންކަމަށްވެސް މުސްތަފާ ވަނީ ގާސިމް އަށް ތުހުމަތުކުރައްވާފައިވެއެވެ.

View post on Twitter

މުސްތަފާގެ މި ވާހަކަތަކާއި ގުޅިގެން ޤާސިމް އިބްރާހީމް ރައްދުދެއްވަމުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުސްޠަފާ ހާމަކުރައްވާފައިވާ ވާޖަކަތަކަކީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމަށާއި އެއީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވަމުން ޤާސިމް ވަނީ އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތްކުރުމަށް އެދި ދުޢާ ދަންނަވާފައެވެ.

View post on Twitter

މި ފަހަކަށް ސަރުކާރުގެ ބައެއް އިސް ވެރިންނަށާއި، އެނޫންވެސް ބައެއް ބޭފުޅުންނަށް ތުހުމަތުކުރާ ކޮރަޕްޝަންގެ ވާހަކަތައް މުސްޠަފާ ދަނީ ހާމަކުރައްވަމުންނެވެ. ނަމަވެސް އެފަދަ ތުހުމަތުތައް އެބޭފުޅުން ދޮގުކުރައްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ