logoEN
cocacola

shoes_1200_RTR

ކޮވިޑް 19 އިން ރައްކާތެރި ވުމަށް ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. ނިމިދިޔަ ކޮންމެ ދުވަހަކީވެސް މިކަން ކަށަވަރުކުރުމަށް ތަފާތު އީޖާދު ތަކެއް ކުރެވެމުން ދިޔަ ދުވަހެކެވެ.

ގޮސިޔާ

އެގޮތުން މިދިޔަ މެއި މަހު ރޮމޭނިޔާގެ ބޫޓު ހަދާ މީހަކު މި ވަނީ ކޮވިޑުގެ ފުރަތަމަ ރާޅުން ރައްކާތެރިވުމަށް އޫރޯ ސައިޒް 75 ގެ ބޫޓެއް ތަޢާރަފް ކޮށްފައެވެ. މި އުފެއްދުން އީޖާދުކުރި ފަރާތްކަމުގައި ވާ ގްރިގޯރެ ބުނީ އޭނާ މިފަދަ ބޫޓެއް އުފެއްދީ އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި ގިނަ މީހުން، އެއްވެ އުޅުމުގެ އާންމު އުސޫލުތަކާއި ޤަވާއިދުތަކަށް ބޯނުލަބައި މާ ގާތްގާތުގައި ތިބޭކަން އޭނާއަށް ފާހަގަ ވުމުންނެވެ.

މި ބޫޓުގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ފޫޓާއި ބައި ކަމުގައި ވާއިރު މި ބޫޓު ލައިގެން ތިބޭ ދެމީހުން އެއްތަން ވެއްޖެނަމަ ދެ ފޫޓަށްވުރެ ދުރުގައި ތިބުމަށް މަޖުބޫރުވެގެންދާނެއެވެ. މިފަދަ ބޫޓެއްގެ އަގު 180 ޑޮލަރަށް އަރައެވެ. މިއީ ރާއްޖެ ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 2781 ރުފިޔާއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބޫޓަށް އޮތް ޑިމާންޑު ބޮޑުވުމާ އެކު ބޫޓު އުފެއްދި ފަރާތުން މިވަނީ މި ބޫޓުގެ ދެވަނަ ބެޗެއްވެސް ނެރެފައެވެ. ކޮންމެއަސް މި އުފެއްދުން ކިތަންމެހާވެސް ތަފާތެވެ. އަދި އެ އުފެއްދި ޙަޤީގީ މަޤްޞަދު އެބަ ހާޞިލް ކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ