logoEN
ޕީއެންސީ 2
ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިޓުޖެހިގެން ފަރުވާދެނީ

ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިޓުޖެހިގެން ފަރުވާދެނީ

Admin

logo

10/20/2021, 8:43:28 PM

breaking ބްރޭކިންގް

ގދ. ތިނަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިޓޫ ޖެހިގެން އެރަށުގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ޝަރީ 2024

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކަސްޓަމާ ރިލޭޝަންސް އޮފިސަރު ސާލިމް އަލީ "ގާފު" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފަރާތަކަށް މިއަދު އިރުއޮއްސި 06:20 ހާކަންއިރު އެހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އަންނަކަމަށެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ 23 އަހަރުގެ ފިރިހެނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސާލިމް ވިދާޅުވީ، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނީ ފިޓު ޖެހިގެން ކަމަށާއި، މިހާރު ވެސް އެމަރޖެންސީގައި ފަރުވާދެމުން އަންނަކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ